ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2017/23
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 08 ފެބުރުވަރީ 2017 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

18

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް / ސެކްޝަން

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މުއްދަތު:

04 މަސް

މުސާރަ:

މަހަކު 5,956/80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,552/92 ރުފިޔާ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  1. މަސައްކަތުގެ ދާއިރާއިން ލެވެލް 5/6 ގެ ސެޓުފިކެޓެއް ލިބިފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  2. ލެވެލް 4 ގެ ސެޓުފިކެޓަކަށްފަހު،  މަސައްކަތާ ގުޅޭ ދާއިރާއިން  2 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ؛
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި، އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ސްޕައިން ޕޮއިންޓް 18) ގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ

 (ސްޕައިން ޕޮއިންޓް 10) ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

2

ސްޕައިން ޕޮއިންޓް:

10

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު 

ޑިޕާޓްމަންޓް / ސެކްޝަން

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މުއްދަތު:

04 މަސް

މުސާރަ:

މަހަކު 4,668/61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/83 ރުފިޔާ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  1. ގްރޭޑް 12 ނިންމާފައިވުން. ނުވަތަ،
  2. 10 ނިންމާފައި މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ  ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 1 ނުވަތަ 2 ގެ ސަނަދެއް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1.  ޕްރޮޖެކްޓްތަކާ ގުޅިގެން އަންނަ ސިޓީތައް ބަލައި، ދޭންވީ ޖަވާބު ދިރާސާކޮށް، ޖަވާބު އެކުލަވާލައި ސުޕަވައިޒަރަށް ހުށަހެޅުން.
  2. ޕްރޮޖެކްޓްތަކުގެ ޢިމާރާތްތައް ކުރެވެމުން ދާގޮތް މޮނިޓަރކޮށް، ޖެހޭ މައްސަލަތައް ސްޕަވައިޒަރަށް ހުށަހަޅާ ކޮންޓްރެކްޓަރުންގެ ސުވާލުތަކަށް ފުރަތަމަ ފެންވަރުގައި ޖަވާބު ދިނުން.
  3. ޕްރޮޖެކްޓް މޮނިޓަރިންގ ޖަލްސާތައް އިންތިޒާމްކޮށް އަންނަ ފަރާތްތަކާ މަރުޙަބާ ކިޔައި ޖަލްސާގެ ޔައުމިއްޔާ ނަގާ ސްޕަވައިޒަރަށް ހުށަހެޅުން.
  4. ޖަލްސާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ފޮލޯއަޕް ކޮށް ކުރިއަށް ގެންދިއުން.
  5. އައު ޕްރޮޖެކްޓްތައް އެކުލަވާލުމުގައި ސްޕަވައިޒަރަށް އެހީތެރިވުން.
  6. އަލަށް ވަންނަ މުވައްޒަފުން އޮފީހުގެ މަސައްކަތްތަކަށް އަހުލުވެރި ކުރުވުން.
  7. ޕްރޮޖެކްޓްތަކާ ބެހޭގޮތުން ރާއްޖެ ތެރެއަށް ކުރާ ދަތުރު ތަކުގެ ޓިކެޓު ބުކިންގްސް ހަދައި ހުރުމާ ކެއުމާއި ދަތުރުގެ އެހެން އިންތިޒާމްތައް ހަމަޖެއްސުން.
  8. ޑެޕިޔުޓީ ވައިސް ޗާންސްލަރ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) ފަރާތުން ކުރަންޖެހޭ މަސައްކަތްތައް (ސިޓީ/ލިޔުން ތައްޔާރުކުރުން، އެޕޮއިންމަންޓްތައް ބެލެހެއްޓުން) ސެކްރެޓަރީއެއްގެ ގޮތުން ބެލެހެއްޓުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2017 ފެބުރުވަރީ 08 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.

 

01 ފެބުރުވަރީ 2017