ވަޒީފާގެ ފުރުޞަތު
ނަންބަރު: AS-A/IU/2017/ 13
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 12 ފެބުރުވަރީ 2017 14:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު (ދާއިމީ)

މަޤާމު:                    މަސައްކަތު (ދާއިމީ)

ކްލެސިފިކޭޝަން:           ސަޕޯރޓް ސްޓާފް ގްރޭޑް 1

ރޭންކް:                 އެސް.އެސް.  1

މަސައްކަތް ހަމަޖެހިފައިވާ ތަން:  އަމީނިއްޔާ ސްކޫލް

ބޭނުންވާ ޢަދަދު:            03

މުސާރަ:                  3100/-ރ.

ސަރވިސް އެލަވަންސް:         1000/-ރ.

 

ޝަރުތު:

  1. ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ސްކޫލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން

- ކްލާސްތަކަށް ގެންދަންޖެހޭ ތަކެތި ވަގުތުން ގެންގޮސް ޙަވާލުކުރަން ޖެހޭ ފަރާތާއި ހަވާލުކުރުން

- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ތައްޔާރުކުރުމަށް އެހީތެރިވުން.

- ސްކޫލުން ހަމަޖައްސާ ޑިއުޓީ ތަކަށް ނުކުމެ އެޑިއުޓީއެއްގައި ކުރަން ހަވާލުކުރާ މަސައްކަތް ކުރުން

- އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ހުނަރާއި ފެންވަރާއި،ގާބިލް ކަމާއި ސިފަތައް.

 

ހުށައަޅަންޖެހޭ ތަކެތި:   - ވަޒީފާއަށް އެދޭ ފޯމް

-          އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ

-          މުއްދަތު ހަމަނުވާއައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ

-          ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރަށްވާ އޮފީހުގެ ލިޔުމެއް

-          ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާއަދާކުރެއްވި މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް

 

 

 

ސުންގަޑި:މަޤާމުތަކަށް އެދިލައްވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން 12 ފެބުރުއަރީ 2017 ވާ އާދިއްތަ ދުވަހުގެ14.00 ގެ

ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއި އެއްކޮށް އަމީނިއްޔާ ސްކޫލަށް ހުށައެޅުއްވުން އެދެމެވެ.

 

އިތުރު މައުލޫމާތު ހޯއްދެވުމަށް:          ފޯން:  3008736 

ފެކްސް: 3313726

 

-          ވަޒީފާއަށް އެދޭ ފޯމް އަމީނިއްޔާ ސްކޫލުން ލިބެންހުންނާނެއެވެ.

ނޯޓް: މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަވިޔު ބޭއްވޭނީ 2017 ފެބުރުއަރީ 13 ގެ ފަހުގެ ތާރީޚެއްގައި އަމީނިއްޔާ ސްކޫލްގައެވެ.

              04 ޖުމާދަލްއޫލާ  1438

               01 ފެބްރުއަރީ   2017

01 ފެބުރުވަރީ 2017