މަސައްކަތް
ނަންބަރު: (IUL)438-RDS/1/2017/8
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 15 ފެބުރުވަރީ 2017 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރަށު ފެންވަރުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒުތަކުގެ ކުރެހުންތައް ޑްރާފްޓްކޮށް އެމަސައްކަތް ކުރިއަށް ގެންދިޔުމުގައި ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމަށް ކުންފުންޏެއް/ފަރމެއްގެ ޙިދުމަތް ހޯދުމަށް

ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ މަރުކަޒު ޤާއިމުކުރުމުގެ މަޝްރޫޢު

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު – ޑްރާފްޓްސް ޕާރސަން

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން ރަށްރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށު ފެންވަރުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒުތަކުގެ ކުރެހުންތައް ޑްރާފްޓްކޮށް އެމަސައްކަތް ކުރިއަށް ގެންދިޔުމުގައި ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމަށް ކުންފުންޏެއް/ފަރމެއްގެ ޙިދުމަތް ހޯދުމަށް ބޭނުންވެއެވެ.

މި ކުންފުނި/ފަރމްގެ މަސްއޫލިއްޔަތްތަކާއި، މި މަސައްކަތަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކާއި އެހެނިހެން ތަފްޞީލުތަށް ހިމެނިގެންވާ މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން ހުށަހަޅަންވި މަޢުލޫމާތު "ޓާރމްސް އޮފް ރިފަރެންސް" ގައި ހިމެނިގެންވާނެއެވެ.  

ޕްރީ ބިޑް ބައްދަލުވުން

މަސައްކަތުގެ މަޢުލޫމާތު ދިނުމަށް ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2017 ފެބުރުވަރީ 08 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ފެބުރުވަރީ 15 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ފެބުރުވަރީ 15 ވާ ބުދަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ނުވަތަ ފޯނު ކުރައްވާނީ ތިރީގައި ބަޔާން ކުރައްވާފައިވާ އެޑްރެސްއަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

01 ފެބުރުވަރީ 2017