ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
MNU-CA/FS/2017/13
ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނު ބޭއްވުމާ ބެހޭ
ޢިއުލާން
އިނގިރޭސިބަހުގެ ފާސް ނެތް ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އިނގިރޭސިބަހުގެ އެންޓްރެންސް އިމްތިޙާން 18 ފެބުރުވަރީ 2017 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. މިއިމްތިޙާނު ބާއްވާނެތަން، ބައިވެރިންނަށް ފަހުން އަންގާނެވާހަކަ ދަންނަވަމެވެ.
އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭގޮތް:
އިނގިރޭސިބަހުގެ އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ފުރިހަމަކުރުމަށްފަހު، 2017 ފެބުރުއަރީ 15 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިޔު ސެކްޝަނަށް އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަރުފިޔާ) ދައްކައި، އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.
އިނގިރޭސިބަހުގެ އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ލިބެން ހުންނާނީ އެމް.އެން.ޔޫގެ A ބްލޮކްގެ 4 ވަނަ ފަންގިފިލާގައި ހުންނަ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުންނެވެ. އަދި އެމް.އެން.ޔޫ ވެބްސައިޓް: www.mnu.edu.mv އިން ވެސް އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
އިމްތިޙާނުގެ ނަތީޖާ 2017 ފެބުރުއަރީ 26 ވާ އާދިއްތަ ދުވަހުން ފެށިގެން ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން ލިބެން ހުންނާނެއެވެ.
01 ފެބުރުއަރީ 2017