ދިވެހިރާއްޖެ
ނަންބަރު:IUL)MMPRC/1/2017/7)
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
2017 ވަނަ އަހަރުގެ މާރިޗް މަހުގެ 08 ން 12ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި ބޭއްވުމަށް ހަމޖެހިފައިވާ އައި.ޓީ.ބީ ފެއަރގެ ދިވެހިރާއްޖޭގެ ސްޓޭންޑްގައާއި، މޯލްޑިވިއަން ނައިޓްގައި ނެށުން ހުށައަޅައިދޭނެ، ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 02ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30އަށް ވެލާނާގޭ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަކަށްފަހު 2017 ފެބުރުވަރީ 09ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30އަށް މި ކޯޕަރޭޝަނަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢްލޫމާތު ހޯދުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
02 ޖުމާދަލްއޫލާ 1438
30 ޖަނަވަރީ 2017