ކުއްޔަށް ދިނުން
ނަންބަރު: (IUL)333/333/2017/2
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 13 ފެބުރުވަރީ 2017 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑައިވިންގ ސެންޓަރެއް ޤާއިމުކޮށް ތަރައްޤީކުރުމަށް ބިމެއް ކުއްޔަށް ދޫކުރުން

 ޑައިވިންގ ސެންޓަރެއް ޤާއިމުކޮށް ތަރައްޤީކުރުމަށް ބިމެއް ކުއްޔަށް ދޫކުރުން

ފަތުރުވެރިކަމާއި ގުޅޭގޮތުން ޑައިވިންސެންޓަރެއް ޤާއިމުކޮށް ތަރައްޤީކުރުމަށް   ޝައުޤްވެރިކަން ހުންނަފަރާތްތަކަށް ތުލުސްދޫ ބިމުން 2500 އަކަފޫޓްގެ ބިމެއް  10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް 2017 ފެބުރުވަރީ  20 ދުވަހުގެ 13:00 ގެ ނިޔަލަށް ބީލަން ހުޅުވާލައިފީމެވެ. އަދި ބީލަމާއި ބެހޭ މަޢުލޫމާތު ދިނުން 2017 ފެބުރުވަރީ 13 ވާ ހޯމަ ދުވަހު 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.  ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެއެވެ.     

ވީމާ މިބިންކުއްޔަށް ނަންގަވަން  ބޭނުންފުޅުވާ ފަރާތްތަކުން މަސްދުވަހުގެރޭޓުން ހުށަހަޅުއްވާ ކުލި ބަޔާންކޮށް ސިޓީ ހުށަހެޅުއްވުންއެދެމެވެ. ސިޓީއުރައިގެ ބޭރުގައި"  ޑައިވިން ސެންޓަރ ޤާއިމުކޮށް ތަރައްޤީ ކުރާބިން ކުއްޔަށް ހިފުމަށް " މިހެންލިޔުއްވަންވާނެއެވެ. ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވާ ސިޓީތައް ކެނޑުންއޮންނާނީ ސިޓީހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި2017 ފެބުރުވަރީ 20 ވާ ހޯމަ ދުވަހުގެ 13:05 ގައި މިއިދާރާގެ ޖަލްސާކުރާމާލަމުގައެވެ. ބިން ކުއްޔަށް ހިފަންބޭނުންފުޅުވާ ފަރާތަށް  ޙާޟިރު ނުލެއްވޭނަމަ އެފަރާތުގެ ލިޔުމަކާއިއެކު ބަދަލުގައި މީހަކު ފޮނުއްވިދާނެއެވެ.

ބިން ކުއްޔަށް ދޫކުރެވޭނީ ސިޓީ ހުށަހަޅާފަރާތްތަކުގެ ތެރެއިން  އެންމެބޮޑު ކުއްޔެއް  އަދި އެންމެ ރަގަޅުހުށަހެޅުމެއް ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތަކަށެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6640183 ނަމްބަރ ފޯނާއެވެ.

ބިމުގެ އޭރިޔާއަކީ 2500 ( ދެހާސްފަސްސަތޭކަ ) އަކަފޫޓެވެ.

ހުށަހެޅޭނެ އެންމެދަށްއަގު  1250.00ރ (އެއްހާސްދުއިސައްތަ ފަންސާސް ރުފިޔާ)

މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޖުމާދިލް އޫލާ 1438ހ.

01 ފެބްރުއަރީ 2017މ.

01 ފެބުރުވަރީ 2017