ދިވެހިރާއްޖެ
ނަންބަރު: IUL)120/120/2017/12)
އިޢުލާން
ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ
މިޑިޕާޓްމަންޓުގެ އެނެކްސް މ. ގޯލްޑަން ސަންބީމްގައި އެއް އަހަރު ދުވަހަށް ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)120/1/2016/83 އިއުލާނަށް ހުށަހެޅި ބީލަންތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑު ފެންނާތީ އެއިލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ފެބްރުއަރީ 06 ވާ ހޯމަ ދުވަހުގެ 09:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބްރުއަރީ 13 ވާ ހޯމަ ދުވަހުގެ 09:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ. ބިޑް ހުށަހެޅޭނީ ޕްރީބިޑް މީޓިންގއަށް އަންނަ ފަރާތްތަކަށް އެކަންޏެވެ.
01 ޖުމާދުލް އޫލާ 1438
30 ޖަނަވަރީ 2017