މަސައްކަތް
ނަންބަރު: (IUL)GS08/2017/09
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 09 ފެބުރުވަރީ 2017 14:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުގެ މަގުމަތީ ފާރު މާރާމަތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިމަރުކަޒުގެ ވަށާފާރު މަރާމާތުކުރުން

 މިމަރުކަޒުގެ ވަށާފާރުގެ ތެރެއިން ހުޅަނގު ފާރު ފިޔަވާ ދެންހުރި 3 ފާރު ކަނޑައިގެންގޮސް މަގުމައްޗަށް އަރިއަޅާލާފައިވާތީ، މި 3 ފާރު ނަގައި އަލުން ފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 09 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ފެބުރުވަރީ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                   އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގެންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމުގެ ފަހު ގެންނަ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަންވާނެއެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.

                 3  ޖުމާދުލްއޫލާ 1438

                  31 ޖަނަވަރީ   2017

 

31 ޖަނަވަރީ 2017