ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)56-CAS/1/2017/05
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:23
ސުންގަޑި: 06 ޖަނަވަރީ 2017 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމް :އެސިސްޓެންޓް ލައިބްރޭރިއަން
ބޭނުންވާ އަދަދު :1

މަޤާމުގެ ނަން: އެސިސްޓެންޓް ލައިބްރޭރިއަން

މުސާރަ:  -/4465 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

ބޭނުންވާ އަދަދު: 1

ސެކްޝަން: ކަލެކްޝަން އެންޑް ސާރވިސަސް ސެކްޝަން، ލީގަލް ޑިޕޮސިޓް އެންޑް ކަލެކްޝަން މެނޭޖްމެންޓް ޔުނިޓް

 

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީ ކުތުބުޚާނާ، ކ.މާލެ

ޝަރުޠު:

-          ލައިބްރަރީ ސައިންސްގެ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

-          ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

 

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ·         ލީގަލް ޑިޕޮޒިޓްއިން ލިބޭ މެގަޒިންސް ލިސްޓް އަޕްޑޭޓް ކުރުން އަދި ލީގަލް ޑިޕޮޒިޓް މެޓީރިއަލް ތެރެއިން ނުލިބޭ މެގަޒިންސް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • ·         އަލަށް ލިބޭ މެގަޒިންސް އާއި ފިކްޝަން އެކްސެޝަންކޮށް ތަތްގަނޑުޖެހުން.
  • ·         ލައިބްރަރީއަށް ގަނެގެން ލިބޭ މެގަޒިން ލިސްޓް އަޕްޑޭޓް ކުރުން.
  • ·         ތަފާތު މާއްދާތަކުން ނުކުންނަ މެގަޒިންގެ ތެރެއިން ލައިބްރަރީއަށް ބޭނުންވާ މެގަޒިން ލިސްޓް ތައްޔާރުކުރުން އަދި މެގަޒިންގެ އެކްސެޝަން ރެޖިސްޓަރ ބަލަހައްޓާ އަޕްޑޭޓް ކުރުން.
  • ·         މެގަޒިން އަދި ފިކްޝަން ފޮތް މައުލޫމާތު އަޕްޑޭޓްކޮށް އަދި މިތަކެތި ވީޑްކުރުން.
  • ·         މަހުން މަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓް ތައްޔާރުކުރުން.
  • ·          ޕްރޮސީޖަރ ތައްޔާރުކުރުމުގައި ޔުނިޓް ހެޑަށް މައުލޫމާތު ދިނުން.
  • ·         ސްޓޮކް އޮޑިޓް ކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.

 

       

 

ނޯޓް: 

-          މި މަޤާމުތަކަށް ޝަރުޠު ހަމަވާ މީހުން ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. 

-          މި މަޤާމުގެ އިންޓަވިއު އެއް މަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ޤައުމީ ކުބުޚާނާގެ މީޓިންގ ރޫމްގައެވެ.

 

-          މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

 

-         ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

 

-          މިމަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތްކުރަން ޖެހޭނީ، ހެނދުނު 8:00 ން 14:00 އަށެވެ.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޢުލުމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް.
  • ސިވިލްސަރވިސްއަށް/ސަރުކާރަށް ޙިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ.
  • (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލިމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓްވަކި ފެންވަރެއްގައި އެކްރިޑެޓް ކުރެވޭނެކަމަށް މޯލްޑިވްސް  ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ).
  • (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ( މި ފަދަ ސެޓްފިކެޓްތައް އެކްރިޑެޓް ކުރަން ނުޖެހޭނެއެވެ) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްޢޫލިއްޔަތު ބަޔާންކޮށްފައިވާ)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތްތުގެ ތަޖުރިބާ  ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2017 ފެބްރުވަރީ 06 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން.
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ޤައުމީ ކުތުބުޚާނާ (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ ޢިމާރާތް)
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

 

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ،  ރަސްމީ ގަޑީގައި،  3323944 ނަންބަރު ފޯނާއެވެ.

01 ޖުމާދަލްއޫލާ 1438

29 ޖަނަވަރީ 2017

29 ޖަނަވަރީ 2017