ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 222-AH/INDIV/2017/2
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި: 12 ފެބުރުވަރީ 2017 13:50
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
އެސިސްޓެންޓް މިއުޒިއަމް ގައިޑް

މަޤާމް :އެސިސްޓެންޓް މިއުޒިއަމް ގައިޑް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މިޑިޕާޓްމަންޓްގެ ނަމްބަރު:  IUL)222-AH/INDIV/2016/56) (2016 ޑިސެންބަރު 1 ) އިޢުލާންގައި ބަޔާންކުރެވިފައިވާ ތިރީގައި މިދަންނަވާ މަގާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

އެސިސްޓެންޓް މިއުޒިއަމް ގައިޑް

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ނެޝަނަލް މިއުޒިއަމް ސެކްޝަން

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

ބޭނުންވާ އަދަދު:

01

މަޤާމް އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ.މާލެ

ރަސްމީ މަސައްކަތު ގަޑި:

10:00 އިން 16:00 އަށް

ވަޒީފާގެ ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠު:

 

1. މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި) 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް: މިއުޒިއޮލޮޖީ، ކިއުރޭޓަލް ސްޓަޑީސް، މިއުޒިއަމް މެނޭޖްމަންޓް، ކަލެކްޝަން މެނޭޖްމަންޓް، މިއުޒިއަމް ސްޓަޑީސް، މިއުޒިއަމް ކޮމިއުނިކޭޝަން، ޕްރިންސިޕަލްސް އޮފް ކޮންޒަރވޭޝަން، ހިސްޓްރީ، ކަލްޗަރ، ދިވެހިބަސް، މިއުޒިއަމް އެންޑް ސައިޓް އިންޓަރޕްރިޓޭޝަން، އާޓިފެކްޓްސް ސްޓަޑީސް، މިއުޒިއޮލޮޖީ އެންޑް އެޑްމިނިސްޓްރޭޝަން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1. މިއުޒިއަމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިބަހުންނާއި އިނގިރޭސިބަހުން މަޢުލޫމާތު ދީ ގައިޑްކޮށްދިނުން.

2. މިއުޒިއަމަށް ޓިކެޓު ކަނޑައިގެން ވަންނަންޖެހޭ ފަރާތްތައް މިއުޒިއަމަށް ވަންނަނީ ޓިކެޓް ލިބިގެންތޯ ޗެކްކުރުމާއި މިއުޒިއަމް ހުޅުވާފައި ހުންނަ ގަޑިތަކުގައި ވަދެ އުޅޭ މީހުން އުޅޭނޫޅޭގޮތް ބެލުން.

3. މިއުޒިއަމަށް ވަދެ އުޅޭ މީހެއްގެ ފަރާތުން މިއުޒިއަމްގައި ހުންނަ އެއްވެސް އެއްޗަކަށް ގެއްލުން ލިބިއްޖެނަމަ، އަދި ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ހުރެއްޖެކަމަށް ފާހަގަވާނަމަ އެކަމެއް ސްޕަވައިޒަރަށް ރިޕޯޓްކުރުން.

4. މިއުޒިއަމް ހުޅުވާފައި ހުންނަންޖެހޭ ގަޑިއަށް ޑިސްޕްލޭ ހޯލުގެ ލައިޓްތަކާއި އޭސީތައް ޖެއްސިފައިހުރިތޯ ބެލުމާއި، ބަންދުކުރާއިރު ލައިޓްތަކާއި އޭސީތައް ނިއްވައި ދޮރުތައް ބަންދުކުރެވިފައި ހުރިތޯ ޗެކްކުރުން.

5. މިއުޒިއަމަށް ޒިޔާރަތްކުރަން ބޭނުންވެގެން އެދި ފޮނުވާ ސިޓީ/ލިޔުންތަކަށް ޖަވާބު ތައްޔާރުކުރުމާއި، ޒިޔާރަތްކުރާ ފަރާތްތަކަށް މަރުޙަބާކިޔުމަށް ކުރަންޖެހޭ ތައްޔާރީތައްކޮށް ޝެޑިއުލް ތާވަލުކޮށް ބެލެހެއްޓުމާއި، އަންގަންޖެހޭ ފަރާތްތަކަށް ހަމަޖެހުނުގޮތް އެންގުން.

6. މިއުޒިއަމްގައި ހުންނަ ތަކެތި ބެލެހެއްޓުމާއި، ޑިސްޕްލޭގައި ހުންނަ ތަކެތި އެތުރުމުގައި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ކަންކަން ކުރުން.  

7. ޑިސްޕްލޭގައިވާ ތަކެތީގެ މަޢުލޫމާތުދިނުމަށް ބަހައްޓާ ލިޔުންކޮޅުތައް ތައްޔާރުކޮށް ނެރުމާއި، ލިޔުންތަކަށް ގެންނަންޖެހޭ ބަދަލު ގެނެސް އައުކުރުން.

8. އޮފީހުގެ މަސައްކަތު މީހުން ލައްވާ މިއުޒިއަމްގައި ހުންނަ ތަކެތި ސާފުކުރުވުން.

9. މިއުޒިއަމަށް  ޒިޔާރަތްކުރާ  ފަރާތްތަކުގެ އަދަދު ދުވަހުން ދުވަހަށް ބެލުމާއި، މަސް ނިމުމުން ޒިޔާރަތްކުރި ފަރާތްތަކުގެ ރިޕޯޓް ހެދުން.

10. ލީފްލެޓް ހެދުމަށް ލިޔުންތައް ލިޔުމާއި، ލީފްލެޓަށް ބޭނުންވާ ލިޔުންތައް ތަރުޖަމާކުރުން.

11. މިއުޒިއަމްގައި މައުރަޒުތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

12. މިއުޒިއަމްގައި މިހާރު ހުރި ތަކެއްޗާއި އަލަށް ލިބޭ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ތައްޔާރުކޮށް  އަޕްޑޭޓްކޮށް  މަޢުލޫމާތުތައް ލިޔެ ބެލެހެއްޓުމާއި، ތަކެތީގެ ފޮޓޯނަގައި ފޮޓޯ އިންވެންޓްރީ ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

13. އެގްޒިބިޓް ކުރެވިފައި ހުންނަ ތަކެއްޗާއި ސްޓޯރޭޖްގައި ހުރި ތަކެތީގެ ލޮކޭޝަންތައް އެނގޭގޮތަށް ލިޔެ ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

14. މިއުޒިއަމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ފޮޓޯނެގުމާއި، ވީޑިޔޯކުރުމާއި، އޮބްޖެކްޓް ޑޭޓާބޭސް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

15. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިކަމަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދިނުން.

އުޖޫރައާއި އިނާޔަތްތައް:

މަގާމްގެ މަސައްކަތާއި ގުޅިގެން ދެވޭ އެހެނިހެން އެލަވަންސް އާއި އިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މައުލޫމާތު ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެ، މީގެއިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން: www.csc.gov.mvޑައުންލޯޑް ކުރެވޭނެ).
  2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

4. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާންގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވާނަމަ މުއްދަތު ހަމަނުވާ ސެޓްފިކެޓްގެ ކޮޕީ.

5.ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތު:ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް، ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައި).

7.ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

8.ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައި).

9.ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މިފޯމް ވަޒީފާއަށް އެދޭ ފޯމާއިއެކު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެ).

އިންޓަވިއު ކުރުމާއި / ޕްރެކްޓިކަލްސް ބޭއްވުން:

މި މަގާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާއި ގުޅޭ މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 12 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުތުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުތުތައް ފުރިހަމަވެތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުތު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިއުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 12 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

 

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 12 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެފޭ ފޯމް ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

2017 ފެބްރުވަރީ 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:50 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށް

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

31 ޖަނަވަރީ 2017