ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނަންބަރ:H-2016/ 225C
އދ.ފެންފުށީ އިންޖީނުގޭގެ އިންޖީނު ރޫމާއި، އޮފީސް މޮޑިފިކޭޝަން މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނީގެ އދ.ފެންފުށީ އިންޖީނުގޭގެ އިންޖީނު ރޫމާއި، އޮފީސް މޮޑިފިކޭޝަން މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރުH-2016/225B އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގުހުށައަޅުއްވާފައި ނުވާތީވެ، އެއިޢުލާނު ބާޠިލުކޮށް މިމަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލެވިފައިވާ ކަމުގައި ދެންނެވީމެވެ.
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 1720 ފެބްރުއަރީ 01 ވާ )ބުދަ) ދުވަހުގެ 010:0 އަށް އދ.ފެންފުށީ އިންޖީނުގެއަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.
މިޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރެވޭ ގޮތުގެ ތަފުސީލު:
ޕޮއިންޓް 80އަގަށް:
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 80
ޕޮއިންޓްމުއްދަތު:15
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 15
ތަޖުރިބާ: 5 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ، މަސައްކަތްކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
- ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.
އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު:H-2016/225C
ބިޑް ހުޅުވުން:
ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 ފެބްރުއަރީ 05 ވާ (އާދީއްތަ) ދުވަހުގެ 10:00 އަށް އދ.ފެންފުށި އިންޖީނުގެއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
02 ޖުމާދަލްއޫލާ 1438
ނޯޓް:
- މި އިޢުލާނާގުޅިގެން ބިޑް ކުރައްވާ ފަރާތްތަކުން މިކުންފުނީގެ ވެބް ސައިޓް www.stelco.com.mv ގައި ޝާއިއުކުރެވިފައިވާ "ޓާމްސް އެންޑް ކޮންޑިޝަންސް" ގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ސަމާލުކަންދެއްވައި ބިޑްކުރައްވާ އިރު އެކަންތައްތައް ފުރިހަމަކުރައްވަންވާނެއެވެ.
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338122 / 3338154 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ procurement@stelco.com.mv މި އެޑްރެހަށެވެ.
30 ޖަނަވަރީ 2017