ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ގޯޑައުން އިމާރާތުގެ 1 އަދި 2 ވަނަ ފްލޯގެ ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މި ބީލަން ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން 11 ފެބުރުވަރީ 2009 ގައި ހަދާފައިވާ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދަށް 31 އޮކްޓޫބަރު 2010 ގައި އިތުރުކުރެވުނު "ބާބު 15: ދައުލަތުގެ ޕްރޮކިއުމަންޓް"ގެ ދަށުންނެވެ.
- ބީލަން ކާމިޔާބު ކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މަޢުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.
- މިމަސައްކަތާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 09 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ގެ އެއްވަނަ ފަންގިފިލާގައެވެ. އަދި މި ދެންނެވި ތާރީޚްގައި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަން ދަންނަވަމެވެ.
- މި މިސައްކަތުގެ " ޓަރމްސް އޮފް ރެފެރަންސް " އަދި މިމަސައްކަތުގެ ކުރެހުމާއި ތަފްސީލް މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ފެބުރުވަރީ 13 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ފެބުރުވަރީ 13 ވާ ހޯމަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.
"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018300 960+ ، ފެކްސް: 3018301 960+
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv