ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2017/28
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 09 ފެބުރުވަރީ 2017 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަންގެ އެސިސްޓެންޓް މީޑިއާ އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި ކޮށްފައިވާ (IUL)101-AF/1/2017/09 ނަންބަރުގެ އިޢުލާން ބާތިލްކޮށް، އެމަޤާމްށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ

01. މަގާމް

އެސިސްޓެންޓް މީޑިއާ އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމް ނަމްބަރު

251077

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި އިނާޔަތްތައް

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމް އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

 އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / އިންފޮމޭޝަން ޓެކްނޮލޮގީ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

01    މިނިސްޓްރީން ހިންގާ ރާވާ އެކިއެކި މަޝްރޫޢުތަކުގެ މަޢުލޫމާތުތަކުގެ ތެރެއިން ޢާއްމުންނަށް ހާމަކުރަންޖެހޭ މަޢުލޫމާތުތަށް، ހާމަކޮށްދިނު މުގައި ކަމާބެހޭ އެންމެހާ ފަރާތްތަކާއެކު މަސައްކަތްކުރުން

02    މިނިސްޓްރީގެ ފަރާތުން ބާއްވާ އެކިއެކި އިވެންޓުތައް ރާވާ ސެކްޝަނަކުން ނުވަތަ ޔުނިޓަކުން އަންގާ އުސޫލެއްގެ މަތިން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު އެންމެ ފުރިހަމަގޮތުގައި ފޯރުކޮށް ދިނުމަށް އެހީތެރިވެދިނުން

03    ޚަބަރާއި މަޢުލޫމާތު ހޯދާ، ލިބިގަތުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެކި ފަރާތްތަކުން އަންނަ ލިޔެކިއުންތަށް ބަލައި، އެވަގުތަކު މިނިސްޓްރީން ކަނޑައަޅުއްވައިފައިވާ، އިންފޮރމޭޝަން އޮފިސަރ އެއްގެ ލަފަޔާ، އިރުޝާދުގެ މަތިން މަޢުލޫމާތު ފޯރުކޮއްދިނުމުގައި އެހީތެރިވެދިނުން

04    މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އަންނަ އެކިއެކި ލިޔެކިއުތަށް ރައްކާތެރިކޮށް ބެލެހެއްޓުމުގައި އިންފޮރމޭޝަން އޮފިސަރަށް އެހީތެރިވެދިނުން

05    މަޢުލޫމާތު ހޯދާ، ލިބިގަތުމުގެ ޤާނޫނުގެ ދަށުން ތައްޔާރުކުރެވޭ އެކިއެކި މަޢުލޫމާތުތަކުގެ ރެކޯރޑުތަށް، އިންފޮރމޭޝަން އޮފިސަރ އަންގަވާ އުސޫލެއްގެ މަތިން ރައްކާތެރިކޮށް ބެލެހެއްޓުން

06    މިނިސްޓްރީގެ އެކިއެކި ސެކްޝަންތަކާއި، ޔުނިޓްތަކުން ރާވާ ހިންގާ އެކިއެކި ޙަރަކާތަކާ، ބައްދަލުވުންތައް ކަވަރކުރުމާއިއެކު އެ މަޢުލޫމާތުތަށް ޚަބަރުފަތުރާ ވަޞީލަތްތަކަށް ފޯރުކޮއްދިނުން އަދި ސޯޝަލްމީޑިޔާގެ އެކި އެކި ވަސީލަތްތައް މެދުވެރިކޮށް މައުލޫމަތު ހާމަކުރުމާއި، އައިޓީ ސެކްޝަންގެ ޓެކްނީޝަނެއްގެ އެހީތެރިކާމާއިއެކު މިނިސްޓްރީގެ ވެބްސައިޓުގައި އެމަޢުލޫމާތެއް ޝާއިޢު (ހާމަ) ކުރުން

07    މިނިސްޓރީގެ ފަރާތުން ބާއްވާ ބޮޑެތިޙާފްލާތަށް ކަވަކުރުމަށާއި، ލައިވް ކުރަންޖެހިއްޖެ ޙާލަތެއްގައި ލައިވްކުރުމުގެ ކަންކަށް ކުރުމަށް ބޭނުންވާ މަސައްކަތްތަށް ކުރުމާއި، ހުރިހާ މީޑިއާތަކަށް އެ ޙަފްލާކަވަކުރުމަށް ދަޢުވަތު ފޮނުވުން

08    މިނިސްޓްރީގެ އެކިއެކި ސެކްޝަންތަކުގައި ހުރި ޕަބްލިކް ރިލޭޝަންގެ މައްސަލަތައް ބަލައި އެމައްސަލަތަށް ޙައްލުކޮށްދިނުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

09    މީޑިއާ އެންޑް ޕަބްލިކްރިލޭޝަން ޔުނިޓުގެ ދަށުން ކުރައަށް  ގެންދެވޭ އެންމެހާ ކަންކަން ދުވަހުންދުވަހަށް ނިންމައި، ކަމާއި ގުޅޭ އެންމެހާ ލިޔެކިއުންތަކާއި، އެހެނިހެތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން

10    ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ޙިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުތުތައް

 

އަސާސީ ޝަރުތު

1.މާސް ކޮމިޔުނިކޭޝަން/ ޕަބްލިކް ރިލޭޝަންސް/އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ ރިލޭޓެޑް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މާސް ކޮމިޔުނިކޭޝަން/ ޕަބްލިކް ރިލޭޝަންސް/އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ ރިލޭޓެޑް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން:  ނުވަތަ؛

2.ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

އިންޓަރވިއު ކުރުން:

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ނުވަތަ 2 ހަފްތާ ތެރޭގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާއި ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް ކުރިމަތިލުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 09 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުން ނުވަތަ  [email protected]   އަށް މެއިލް ކުރެއްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސް ވަޒީފާއަސް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ރާއްޖެއިން ބޭރުގެ ސެޓްފިކެޓް އެއްނަމަ އެކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ

- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެއޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯރމް މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ލިބެން ހުންނާނެއެވެ.

މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަމްބަރު: , 3333116، 3333174 އަށް ގުޅުއްވުމުން ނުވަތަ  [email protected]   އަށް  އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

 

 

30 ޖަނަވަރީ 2017