ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ބޮޑުފޮޅުދޫ، ދިވެހިރާއްޖެ
(IUL)343-AS/343/2017/07:ނަންބަރ
އިޢުލާން
ކުއްޔަށް ބިންދޫކުރުމާއިބެހޭ:
މިރަށުގެ ބަނދަރުގެ އިރުމަތީކޮޅުތޮށިން ހޯލްސޭލް އަދި ރީޓޭލް ވިޔަފާރި ކުރުމަށް 1200 އަކަފޫޓްގެ 4 ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.، މިގޮތުން ކުއްޔަށް ދޫކުރާބިމުގެ ކުލި ފެށޭ އަގަކީ އަކަފޫޓަކަށް /1 ރ. ރޭޓުންނެވެ. މިގޮތުން ބިންކުއްޔަށްދޫކުރެވޭނީ އަކަފޫޓަކަށް /1 ރުފިޔާ އަށްވުރެ މަތިން ކުލި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ކުއްޔެއް ހުށަހަޅާ ފަރާތްތަކަށެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ވީމާ، ބިން ކުއްޔަށްހިފަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 02 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 08 ފެބުރުވަރީ 2017 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން މިޢިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ ހުށަހަޅާފަރާތްތަކުގެ ހާޟިރުގައި 08 ޑފެބުރުވަރީ 2017 ވާ ބުދަ ދުވަހުގެ 13:00ގައި މިއިދާރާގައެވެ. މަތީގައި ދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ސެސަނަށް ހާޒިރުނުވާފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މައުލޫމާތު ސާފްކުރަން ވަޑައިގެންނެވި ބޭފުޅުންނަށްލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. މިލިޔުމުގެ ބޭރުގައި "ބިން ކުއްޔަށްހިފުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
29 ޖެނުއަރީ 2017
ޝުޖާއު އާދަމް
ކައުންސިލްގެ ރައީސް