ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)232-AG/232/2017/4
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 02 ފެބުރުވަރީ 2017 10:00
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
50 ލެކްޗަރ ޗެއަރ ގަންނަން

އިޢުލާން

 

ނަމްބަރ (IUL)232-AG/232/2017/2 (18 ޖަނަވަރީ 2017) މަޢުލޫމާތު ސާފު ކުރުމަށް ޙާޟިރު ވެފައިވަނީ ދެފަރާތުން ކަމަށްވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން ލެކްޗަރ ޗެއަރ ގަތުމަށް އިޢުލާން ކުރަމެވެ.

މިކައުންސިލް އިދާރާއިންދޭ ނަމޫނާއާއި އެއްގޮތައް 50 ލެކްޗަރ ޗެއަރ ވިއްކާނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބްރުވަރީ 05 ވާ އާދީއްތަ ދުވަހުގެ 10.00 އަށް   ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2017 ފެބްރުވަރީ 09 ވާ ބުރާސްފަތި ދުވަހުގެ 10.00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާ) އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ޙާޞިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

02 ޖުމާދަލްއޫލާ 1439

30  ޖަނަވަރީ  2017    

 

30 ޖަނަވަރީ 2017