މަސައްކަތް
ނަންބަރު: (IUL)13-K1/13/2017/20
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 23 ފެބުރުވަރީ 2017 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ބަންޑާރަކޮށި ހުޅަނގު ފަރާތުގައި ހަދައިފައިވާ 9 ބުރީގެ އިމާރާތުގެ ފިނިޝިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތުތު

1. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެދިލެއްވުމުގެ މަތިން، ބަންޑާރަކޮށި ހުޅަނގު ފަރާތުގައި ހަދައިފައިވާ 9 ބުރީގެ އިމާރާތުގެ ފިނިޝިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: IUL)13-K1/13/2016/228) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އެއިޢުލާނު ބާޠިލުކޮށްފީމެވެ. އަދި މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ދިވެހި ރާއްޖެއާއި ރާއްޖެއިންބޭރުގެ މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. މިބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކުގެ ތެރެއިން GC01-1 ގްރޭޑަށް ޝަރުޠުހަމަވާ ފަރާތްތަކަށެވެ.

3. ބީލަމުގައި ބައިވެރިވުމަށް -/1,500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 31 ޖަނަވަރީ 2017 އިން 23 ފެބުރުވަރީ 2017 އަށް،  ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00އަށް މިމިނިސްޓްރީ އިންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.                                                                          

4. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/175,000ރ (އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

5. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 12 ފެބުރުވަރީ 2017ވާ އާދީއްތަ ދުވަހު 11:00ގައި، މިނިސްޓްރީގެ  އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. އަދި، މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 14 ފެބުރުވަރީ 2017ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

6. ބީލަން ހުޅުވުން އޮންނާނީ 26 ފެބުރުވަރީ 2017ވާ އާދީއްތަ ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

7. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން : 3349296   3349106

އީމެއިލް: [email protected]

ކޮޕީ : [email protected]

30 ޖަނަވަރީ 2017