މަސައްކަތް
ނަންބަރު: (IUL)426-AA/426/2017/13
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 13 ފެބުރުވަރީ 2017 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ މަރަދޫ އަވަށުގައި މަސްވެރިންގެ މައިޒާނެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫސިޓީގެ މަރަދޫ އަވަށުގައި މަސްވެރިންގެ މައިޒާނެއް ހެދުމުގެ މަސައްކަތް

 

އައްޑޫސިޓީގެ މަރަދޫ އަވަށުގައި މަސްވެރިންގެ މައިޒާނެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: IUL)426-AA/426/2016/253) އިޢުލާނަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހެޅިފައިނުވާތީ މި އިޢުލާން ބާޠިލްކޮށް އަލުން މި ފުރުސަތު ހުޅުވާލަމެވެ.

ވީމާ މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ފެބުރުވަރީ 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 16 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.         

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯސަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސް ހޯލްއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

01 ޖުމާދަލްއޫލާ 1438

29 ޖަނަވަރީ 2017