ޢާންމު މަޢުލޫމާތު
ނަންބަރު: 371-B2/2017/12
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 13 ފެބުރުވަރީ 2017 11:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ބިލެތްދޫ ހެލްތު ސެންޓަރ ގޯތީގައިހުރި މި އިދާރާގެ ބޯފެންތާނގީ ތަކަކާއި، ހިޔާކުރެވިފައިވާ ފުރާޅުރޫޅާލައި މި އިދާރާއިން ދެއްކިތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

ފ. ބިލެތްދޫ ހެލްތު ސެންޓަރ ގޯތީގައިހުރި މި އިދާރާގެ ބޯފެންތާނގީ ތަކަކާއި، ހިޔާކުރެވިފައިވާ ފުރާޅުރޫޅާލައި މި އިދާރާއިން ދެއްކިތަނަކަށް ބަދަލުކުރުމުގެ މަސައްކަތް  ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 01 ވާ ބުދަ ދުވަހުގެ  މެންދުރު 11.00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 ފެބުރުވަރީ 13 ވާ ހޯމަ ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ  -/200 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެތްދޫ ހެލްތު ސެންޓަރ ގޯތީގައިހުރި ބޯފެންއަޅާ ތާނގީތައް އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތު އަންދާސީ ހިސާބު " މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

24 ޖަނަވަރީ 2017