ޢާންމު މަޢުލޫމާތު
ނަންބަރު: 371-B2/2017/11
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 13 ފެބުރުވަރީ 2017 13:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ބިލެތްދޫ ކުނިކޮށީގައި ޖަމާވެފައިހުރި ދަގަނޑު،ޕްލާސްޓިކް އަދި ބިއްލޫރިއާއި މިނޫންވެސް މިފަދަކުނީގެ ބާވަތްތައް ނައްތާލުމާއި، ކުނިއަންދާ އަށިތަކެއް އެޅުމާއި، ކުރީގެ ބާ ފެންސްނެގުމުގެ މަސައްކަތް ކޮށްދޭނޭފަރާތެއް ހޯދުން.

ފ. ބިލެތްދޫ ކުނިކޮށީގައި ޖަމާވެފައިހުރި ދަގަނޑު،ޕްލާސްޓިކް އަދި ބިއްލޫރިއާއި މިނޫންވެސް މިފަދަކުނީގެ ބާވަތްތައް ނައްތާލުމާއި، ކުނިއަންދާ އަށިތަކެއް އެޅުމާއި، ކުރީގެ ބާ ފެންސްނެގުމުގެ މަސައްކަތް  ކޮށްދޭނޭފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 01 ވާ ބުދަ ދުވަހުގެ  މެންދުރުފަހު  13.00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 ފެބުރުވަރީ 13 ވާ ހޯމަ ދުވަހުގެ މެންދުރުފަހު  13.00 ށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ  -/200 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

            އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެތްދޫ ކުނިކޮށީގައި ޖަމާވެފައިހުރި ދަގަނޑާއި،ޕްލާސްޓިކް އަދި ބިއްލޫރިއާއި މިނޫންވެސް މިފަދަތަކެއްޗާއި، ކުރީގެ ބާފެންސް ނައްތާލުމާއި، ކުނިއަންދާ އަށިތަކެއް އެޅުމުގެ ގެ މަސައްކަތު އަންދާސީހިސާބު " މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

24 ޖަނަވަރީ 2017