ވަޒީފާގެ ފުރުޞަތު
ނަންބަރު: (A)AC-2017/16
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 16:35
ސުންގަޑި: 02 ފެބުރުވަރީ 2017 14:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
2017 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަތޮޅުތަކުގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުމަށް ކޮށްފައިވާ ނަންބަރު (A)AC-2016/44 އިިޢުލާނާއި ގުޅިގެން ވ،ރ،ޅ،ދ،ގއ،އަތޮޅު އަދި މާލެއަށް ބޭނުންވާ އަދަދަށް ޓްރެއިނަރުން ލިބިފައި ނުވާތީ އިތުރު ޓްރެއިނަރުން ހޯދުމަށް އަލުން އިޢުލާން ކުރުން.

ނަންބަރު: A)AC-2017/16)

 

އިޢުލާން

 

2017 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަތޮޅުތަކުގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުމަށް ކޮށްފައިވާ

 

ނަންބަރު (A)AC-2016/44 އިިޢުލާނާއި ގުޅިގެން ވ،ރ،ޅ،ދ،ގއ،އަތޮޅު އަދި މާލެއަށް ބޭނުންވާ އަދަދަށް ޓްރެއިނަރުން ލިބިފައި ނުވާތީ އިތުރު ޓްރެއިނަރުން ހޯދުމަށް އަލުން އިޢުލާން ކުރުން.

 

2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަން ކޮމިޝަނުންް އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ހިންގުމަށް ކޮންމެ އަތޮޅަކުން މާސްޓަރ ޓްރެއިނަރުންގެ ގޮތުގައި ތަމްރީނުކުރާނެ 3-4 މީހުން ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން މަތިގައި ބަޔާން ކުރެވިފައިވާ  އަތޮޅުތަކުން ބޭނުންވާ އަދަދަށް މީހުން ލިބިފައި ނުވާތީ، އަލުން އެ އަތޮޅުތަކަށް ޓްރެއިނަރުން ހޯދުމަށް އިޢުލާން ކުރަމެވެ. މާސްޓަރ ޓްރެއިނަރެއްގެ ގޮތުގައި ކުރިމަތިލައި، ހޮވޭ ފަރާތްތަކަށް 2017 މާރިޗް  17އިން 25 އަށް މާލޭގައި ޓްރެއިނިންގ ސެޝަންތައް ހިންގޭނެއެވެ. އަދި 2017 މާރިޗް  26އިން 6 އޭޕްރީލް އަށް މިޓްރެއިނަރުން މާލެއާއި އަތޮޅުތަކުގައި ޓްރެއިނިންގް ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވާނެއެވެ. މިކަމަށް ކުރަންޖެހޭ އެންމެހައި ޚަރަދުތައް ކުރާނީ އިލެކްޝަންސް ކޮމިޝަނުންއެވެ.

 

ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއާއެކު އެފަރާތުގެ ވަނަވަރު،ދިވެހިރައްޔިތެއްކަން އަންގައިދޭ ކަޑުގެ ކޮޕީ، ތަޢުލީމީ ސަނަދުތަކުގެ ކޮޕީ، އަދި ތަޖުރިބާ ސާބިތުކޮށްދިނުމަށް ބޭނުންވާ ލިޔުންތަކާއެކު، 02 ފެބުރުއަރީ 2017 ގެ 14:00 ގެ ކުރިން އެ ބޭފުޅަކު ނިސްބަތްވާ ރަށުގެ ކައުންސިލްގެ އިދާރާއަށް ނުވަތަ މި ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ކޮމިޝަނަށް ފޮނުވާ ސިޓީއާއި ލިޔުންތަށް ފޮނުވާނީ [email protected] އަށެވެ. ޓްރެއިނަރުން ހޮވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަންނުގެ ބޭފުޅުންނާއި ވޭތުވެދިޔަ އިންތިޚާބުތަކުގައި އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

 

މި ޓްރެއިނިންގ ފުރިހަމަ ކުރައްވާ ފަރާތްތައް މި ކޮމިޝަނާއެކު އިޤްރާރުކުރެވި، އަތޮޅުގައި ޓްރެއިނިންގ ހިންގާ ކޮންމެ ދުވަހަކަށް އެފަރާތްތަކަށް -/700 (ހަތްސަތޭކަ) ރުފިޔާގެ ރޭޓުން އުޖޫރަ ހަމަޖެހިގެންދާނެއެވެ.

 

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:-

 

- އިންތިޚާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނު ކުރެވޭނެ ފެންވަރުހުރުމާއި އެކު މަސައްކަތާގުޅޭ ދާއިރާއިން ސެޓުފިކެޓު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުން.

 

- ކިޔަވައި ދިނުމާއި، ތަމުރީނު ދިނުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

 

- ވޭތުވެ ދިޔަ އިންތިޚާބުތަކުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

28 ރަބީއުލް އާޚިރް  1438

26 ޖަނަވަރީ      2017

26 ޖަނަވަރީ 2017