ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)B8-SM/2017/01
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 06 ފެބުރުވަރީ 2017 14:00
ނެއްލައިދޫ ޞިއްހީ މަރުކަޒު
ދިވެހިރާއްޖެ
Tharujamaanu

އިޢުލާން

މި ޞިއްޙީމަރުކަޒުގެ ނަންބަރ (IUL)B8-SM/2016/05 (15 ޑިސެންބަރު 2016) އިޢުލާން ބާތިލް ކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ. ހދ.ނެއްލައިދޫ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހުންނެވެ.

މަޤާމު

ތަރުޖަމާނު

ބޭނުންވާ ޢަދަދު:

01

މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް:GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޑިވިޝަން/ ސެކްޝަން

މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސަރވިސް / ކްލިނިކަލް

ވަޒީފާ އަދާކުރަންޖެހޭތަން

ހދ. ނެއްލައިދޫ ޞިއްޙީމަރުކަޒު / ހދ. ނެއްލައިދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑޮކްޓަރަށް ދެއްކުމަށް އަންނަ ފަރާތްތަކުގެ ބަލީގެ ތަފްޞީލް ޑޮކްޓަރަށް ދޭހަވާ ބަހަކުން ކިޔައިދިނުމާއި އަދި ޑޮކްޓަރުގެ ވާހަކަތައް ޢަމާނާތްތެރިކަމާއެކު ބަލިމީހާއަށް ކިޔައިދިނުން.
  2. "އައުޓް ޕޭސަންޓް ރަޖިސްޓަރ" ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް ފުރިހަމަ ކުރަމުން ގެންދިއުން.
  3. ޑެއިލީ ސާރވައިލަންސް އަދި ވީކްލީ ސާރވައިލަންސް ރިޕޯރޓަށް، "އައުޓް ޕޭސަންޓް ރަޖިސްޓަރ" ން ބޭނުންވާ މަޢުލޫމާތުނަގާ ހެލްތް ޕްރޮމޯޝަނުން ބޭނުންވުމުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  4. މަރުކަޒު ބަންދުގަޑީގައި ބަލިމީހަކު އެމަރޖެންސީކޮށް އަތުވެއްޖެނަމަ ތަރުޖަމާނެއްގެ ފަރާތުން ދޭންވާ ހުރިހާ ޚިދުމަތެއް ދިނުން.
  5. މެޑިކަލް ރިކޯޑްސް ތައްޔާރުކުރުމުގައި ޑޮކްޓަރާއެކު މަސައްކަތް ކުރުން.
  6. ބަލިމީހުން ބަލާ ކޮޓަރިއަށް ބޭނުންވާ ތަކެތި ހުސްވިޔަނުދީ ހަމައަށް ބެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް:

  1. ދިވެހި ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. (މިމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).

ސުންގަޑި:

6 ފެބުރުވަރީ 2017 ވަނަ ދުވަހުގެ 14:00 ، ހދ.ނެއްލައިދޫ ޞިއްޙީމަރުކަޒަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2017 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި، ނެއްލައިދޫ ޞިއްޙީމަރުކަޒުގައި.       (އިންޓަރވިއު އޮންނާނެ ގަޑި އެންގޭނެއެވެ.)

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު:

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6520547 އެވެ. ވަޒީފާއަށް އެދޭ ފޯމް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.00ން މެންދުރުފަހު 2.00ށް ހދ. ނެއްލައިދޫ ޞިއްޙީމަރުކަޒުން ލިބެން ހުންނާނެއެވެ.

27 ރަބީޢުލްއާޙިރު 1438

25 ޖަނަވަރީ 2017

25 ޖަނަވަރީ 2017