ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 347-C/2017/11
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 02 ފެބުރުވަރީ 2017 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރުނީޗަރ ހޯއްދެވުމާ ގުޅޭ

އިޢުލާން

 

މިއިދާރާގެ ނަންބަރު: 374-C/2017/08( 18 ޖަނަވަރީ 2017 ) ތަކެތި ހޯދުމަށްކުރި އިޢުލާނާ ގުޅިގެން މަޢުލޫމާތުސާފުކުރުމަށް އެކަށީގެންވާ ޢަދަދަށް މީހުން ޙާޟިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.

02އެއަރކޯން 24000BTU އިންވާޓަރ

01 ކޮންފަރެންސް މޭޒު

12 އެގްޒެކެޓިވް ޗެއަރ

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ތާރީޚަށް މިއިދާރާ ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައަޅާފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ. ނިލަންދޫ ކައުންސިލް އިދާރާއަށް ގަތުމަށް ބޭނުންވާ ތަކެތި ވިއްކުމަށްއެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

ފ. ނިލަންދޫ ކައުންސިލް އިދާރާގައި

މަޢުލޫމާތު ސާފުކޮށްދިނުން

2017 ފެބުރުވަރީ 2 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި

އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން

2017 ފެބްރުވަރީ 5 ވާ އާދީއްތަ ދުވަހުގެ 11:00 ގައި

 

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ރަބީޢުލްއާޚިރު 1438

26 ޖަނަވަރީ 2017

26 ޖަނަވަރީ 2017