ޢާންމު މަޢުލޫމާތު
ނަންބަރު: N12-HC/ID/2017/02
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 08 ފެބުރުވަރީ 2017 14:00
ކިނބިދޫ ޞިއްޙީ މަރުކަޒު، ތ. ކިނބިދޫ
ދިވެހިރާއްޖެ
Administrative officer

ކިނބިދޫ ޞިއްޙީމަރުކަޒު

 ތ. ކިނބިދޫ

  ދިވެހިރާއްޖެ 

ނަންބަރު:  N12-HC/ID/2017/02

ވަޒީފާގެ ފުރުޞަތު

ތާރީޚް: 26 ޖަނަވަރީ 2017

 

 

 

މި ޞިއްޙީމަރުކަޒުގެ N12-HC/ID/2017/01 ނަންބަރ އިޢުލާންގައި ހުށަހަޅަންޖެހޭ ލިޔުންތައް ހިމެނިފައިނުވާތީ 

އެ އިޢުލާން ބާތިލްކޮށް އަލުން މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު

ހުޅުވާލަމެވެ. މިވަޒީފާ ތަކަށް ބޭނުންވަނީ މަސައްކަތައް ސައުގުވެރިކަންހުރި ގާބިލް މީހެކެވެ.

މަގާމު

އެޑްމިނިސްޓްރޭޓިޥް އޮފިސަރ

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް:GS3

މުސާރަ

މަހަކު 4465/- ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން/ ސެކްޝަން

އެޑްމިން ސެކްޝަން

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ތ.ކިނބިދޫ ޞިއްޙީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ރިސެޕްޝަނަށް އަންނަ ހުރިހާ ފޯނުކޯލުތަކަށް ޖަވާބުދިނުމާއި، ސެކްޝަންތަކަށް ރައުޓްކުރަންޖެހޭ ފޯނުކޯލުތައް ރައުޓްކުރުން
  • މި މަރުކަޒަށް އެކިއެކި ފަރާތްތަކުން ފޮނުވާ ސިޓީ މެސެޖު ބަލައި ގަތުމާއި އެންޓްރީކުރުން، އެކިއެކި ފަރާތްތަކުން ގެންނަ ތަކެތި ބަލައިގަނެ، އެ ތަކެތި ކައުންޓަރު ފޮތުގައި ލިޔެ އެއެއްޗެއް ކަމާބެހޭ ތަނަކަށް ލަސްނުކޮށް ފޮނުވު
  • ޞިއްޙީމަރުކަޒުގެ ބަޖެޓުފައިސާއާއި ގުޅޭ އެންމެހައި ކަންކަން ކުރުން
  • ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން
  • މި މިރުކަޒުގެ މުވައްޒަފުންގެ އިދާރީ އެންމެހައި މަސައްކަތްތައްކުރުން
  • ބައްދަލުވުންތަކަށާއި ބިޑްތަކަށް މިމަރުކަޒަށް ހާޒިރުވާ ފަރާތްތައް އެ ގުޅުންހުރި ޑިޕާޓްމަންޓް/ ސެކްޝަނެއްގައި ދަންނަވާ އެ ޑިޕާޓްމަންޓް/ ސެކްޝަނެއްގެ ސަމާލުކަމަށް އެކަން ގެނައުން.

ތައުލީމީ ތަޖުރިބާ

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޞިއްޙީ ދާއިރާ، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ މިންވަރަށް ރިސްކް އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ކިނބިދޫ ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބުސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިހުރި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއެގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިޔުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 

4. ފުރިހަމަކުރުވާފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2.މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައިގެން.

3.ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

ސުންގަޑި

08 ފެބްރުއަރީ 2017ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2017 ފެބްރުއަރީ މަހުގެ ތެރޭގައި، ތ.ކިނބިދޫ ޞިއްޙީމަރުކަޒުގައި.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް 6780625 ނަންބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

 

26 ޖަނަވަރީ 2017