މަސައްކަތް
ނަންބަރު: MTCC-PD/IU/2017/0009
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 30 ޖަނަވަރީ 2017 14:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ފެރީ ނިޒާމްގެ ޒޯން 1 ގެ ހއ. ، ހދ. އަތޮޅު އަދި ޒޯން 2 ގެ ރ އަތޮޅު ގައި ފެރީގެ ހިދުމަތްދޭނެ ފަރާތެއް ހޯދުން:

އެމްޓީސީސީގެ  ރާއްޖެތެރޭގެ ފެރީ ނިޒާމުގެ ޒޯން 1 ގެ ހއ. ، ހދ. އަތޮޅުގެ އަދި ޒޯން 2 ގެ ރ އަތޮޅުގައި މިކުންފުނިންދޭ މިންގަނޑުތަކާއި އެއްގޮތަށް ފެރީގެ ހިދުމަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                  ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖަނަވަރީ 2017 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ޓަވަރުގެ 2 ވަނަ ފަންގިފިލާ ( ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 02 ފެބުރުވަރީ 2017 ވަނަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

26 ޖަނަވަރީ 2017