ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: L6MC-D/2017/02
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 06 ފެބުރުވަރީ 2017 10:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފ. އަތޮޅު މެޖިސްޓްރޭޓް ކޯޓުތަކަށް 2017 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

ފ. އަތޮޅު މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިކޯޓުގެ ނަންބަރު: L6MC-D/2017/01 (17 ޖަނަވަރީ 2017) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވެފައިނުވާތީ އެ އިޢުލާނު ބާޠިލްކޮށް، ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

  • އޮފީސް ސާމާނު އަދި ސްޓޭޝަނަރީޒް
  • ސާފުކުރާ ސާމާނު

މިކަމާއިބެހޭ މަޢުލޫމާތު ކޯޓުގެ ވެބްސައިޓްwww.judiciary.gov.mv  އިން ލިބެންހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2017 ފެބުރުވަރީ 01 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 6740613 ނުވަތަ 6740067 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 06 ފެބުރުވަރީ 2017

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓު

25 ޖަނަވަރީ 2017

 

 

                    އިސްމާޢީލް ޙަބީބު

                     އެސިސްޓެންޓް ލީގަލް އޮފިސަރ

25 ޖަނަވަރީ 2017