|
މަގާމުގެ ނަން:
|
އިމާމު/ މުދިމް
|
ބޭނުންވާ ޢަދަދު:
|
ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތްތައް
|
|
އޮފީސް:
|
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
|
ސެކްޝަން:
|
އިކޮނޮމިކް،ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް
|
|
މަޤާމާއި ރޭންކް
ފެންވަރު ނުވަތަ ޝަރުތު
އުޖޫރަ (ގަޑިއަކަށް)
|
މުދިމް / ޖީ. އެސް 1
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު،
- އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތި ޤްރުއާން ކިޔަވަން އެނގޭތޯ ބެލުމަށް ދެވޭ ޓެސްޓަކުން ފާސްވުން، ނުވަތަ
- ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން.
33.76 ރުފިޔާ
|
|
މަޤާމާއި ރޭންކް
ފެންވަރު ނުވަތަ ޝަރުތު
އުޖޫރަ (ގަޑިއަކަށް)
|
އިމާމް / ޖީ. އެސް 3
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު،
- މުދިމް ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
- ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން
39.76 ރުފިޔާ
|
|
މަޤާމާއި ރޭންކް
ފެންވަރު ނުވަތަ ޝަރުތު
އުޖޫރަ (ގަޑިއަކަށް)
|
އިމާމް / ޖީ. އެސް 4
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު،
- އިމާމުގެ މަޤާމުގައި ޖީ.އެސް 3 ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޤަބޫލުކުރާ، ދީނީ މަރުކަޒަކުން މަތީ ޘާނަވީ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން
43.46 ރުފިޔާ
|
|
މަޤާމާއި ރޭންކް
ފެންވަރު ނުވަތަ ޝަރުތު
އުޖޫރަ (ގަޑިއަކަށް)
|
އިމާމު / އެމް. އެސް 1
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު،
- އިމާމުގެ މަޤާމުގައި ޖީ.އެސް 4 ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
50.73 ރުފިޔާ
|
|
މަޤާމާއި ރޭންކް
ފެންވަރު ނުވަތަ ޝަރުތު
އުޖޫރަ (ގަޑިއަކަށް)
|
އިމާމު / އެމް. އެސް 2
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
55.30 ރުފިޔާ
|
|
މަޤާމާއި ރޭންކް
ފެންވަރު ނުވަތަ ޝަރުތު
އުޖޫރަ (ގަޑިއަކަށް)
|
އިސްއިމާމު / އެމް. އެސް 3
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އިމާމުގެ މަޤާމުގެ އެމްއެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން
60.23 ރުފިޔާ
|
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ފަރުޟު 5 ނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.
- އަންގަވައިފި ހިނދެއްގައި އިމާމުވެ ތަރާވީޙް ނަމާދު، ކަށު ނަމާދު، ކޭތަ ނަމާދު، ޢީދު ނަމާދު، ހުކުރު ނަމާދު ކުރުން
- މިސްކިތު މަސައްކަތު މީހުންގެ ޙާޟިރީއާއި މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.
- މިސްކިތުގެ ގޯތިތެރާއި ޢިމާރާތާއި ތަކެއްޗަށް ލިބޭ ގެއްލުންތައް ބަލާ ރިޕޯޓްކުރުން
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން
|
2017 ފެބުރުއަރީ 15 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށް.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، (މި މަޤާމުގެ މަސައްކަތް ކުރުންޖެހޭ ދުވަސްތަކުގައި) އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ، (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް
- ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްއަށް އަހުލުވެރިވެފައިވާ މިންވަރު
|
|
އިންޓަވިއު ކުރުން
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ގަނޑި، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
|
|
މަސައްކަތަށް ނެރުން:
|
ދާއިމީ އިމާމުންނާއި މުދިމުން ޗުއްޓީ ނެންގެވުމުންނާއި، ސަމާލުގައި ހުރުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ މިސްކިތަށް ނުނިކުންނަ ހާލަތްތަކުގައި މި މަގާމްތަކަށް ހޮވޭ ފަރާތްތަކަށް ޕޮއިންޓް ލިބޭ ތަރުތީބުން މަސައްކަތަށް ނިކުތުމަށް އެންގޭނެއެވެ.
|
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަންބަރު 6680056 އަށް ގުޅުއްވުން އެދެމެވެ.
|