ކުއްޔަށް ހިފުން
ނަންބަރު: 171-H3(PU)/IUL/2017/11
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:50
ސުންގަޑި: 31 ޖަނަވަރީ 2017 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މިސަރވިސްްގެ ބޭނުމަށް 03 ކްލާސްރޫމްގެ އެޕާރޓްމަންޓެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • މިސަރވިސްްގެ ބޭނުމަށް 03 ކްލާސްރޫމްގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރި ނަންބަރު  171-H3(PU)/IUL/2017/05 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، އެއިޢުލާން ބާތިލް ކުރުމަށްފަހު މިކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަކަށް އަލުން ހުޅުވާލަމެވެ.

-  03 ކްލާސްރޫމާއި ރިސެޕްޝަން އޭރިޔާއަކާއި، ފެސިލިޓީގައި ބޭނުންކުރެވޭގޮތަށް ކްލާސްރޫމްތަކުގެ ބޭރުގައި 03 ފާހާނާ ހުރުން

-  ކޮންމެ ކްލާސް ރޫމެއްގައި މަދުވެގެން 25'×22'  )  550 އަކަފޫޓް ) ހުރުން'

-  ރިސެޕްޝަން އޭރިއާގައި މަދުވެގެން 12'×15'  )  180 އަކަފޫޓް ) ހުރުން

 ވީމާ މިކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވެލައްވާ ހުރިހާފަރާތްތަކަށް ހުޅުވާލަމެވެ.

  • ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން 2017 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ ނިއަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 50.00ރ (ފަންސާސް ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  • މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ފެބުރުވަރީ 01 ވާ ބުދަ ދުވަހުގެ 13:30 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ 15:30ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  • ބީލަން ހުޅުވުން އޮންނާނީ 2017 ފެބުރުވަރީ 08 ވާ ބުދަ ދުވަހުގެ 13:30  ގައި، މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ 15% އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
26 ޖަނަވަރީ 2017