މަސައްކަތް
ނަންބަރު: (IUL)GS-90-B/PRIV/2017/1
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 16:30
ސުންގަޑި: 09 ފެބުރުވަރީ 2017 11:00
ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ސްކޫލްެ ގޯއްޗަށް އިތުރުކުރާ ބިން ސާފުކުރުން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

   މިސުކޫލުގެ އިރުމަތިން ސްކޫލްގެ ގޯއްޗަށް އިތުރުކުރުމަށް ހަމަޖައްސާފައިވާ ބިމުގައި ހުރި ރުއްގަސް ނަގައި ބިންސާފުކުރުމަށް ބޭނުންވެއެވެ.

 މިމަސައްކަތަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލްގެ ކޮމްޕިއުޓަރ ލެބްގައެވެ

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2017 ފެބްރުއަރީ 02 ވާ ބުރާސްފަތި ދުވަހުގެ 11:00

2017 ފެބްރުއަރީ 09 ވާ ބުރާސްފަތި ދުވަހުގެ 11:00

.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ.  ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް އެފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީއަކާއި އެކު ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވެމެވެ.

           22 ޖަނަވަރީ 2017 މ 

22 ޖަނަވަރީ 2017