މަސައްކަތް
ނަންބަރު: ADMHR-MPL/2017/11
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 05 ފެބުރުވަރީ 2017 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ފޮޅާސާފުކޮށްދެއްވާނެ ފަރާތެއް ހޯދުން

 

                                                         އިޢުލާން ނަންބަރ: 11/ADM-HR/MPL/2017

 

އިޢުލާން

ފޮޅާ ސާފުކޮށް ދެއްވާނެ ފަރާތެއް ހޯދުން

މިކުންފުނީގެ މައި ޢިމާރާތާއި މިކުންފުނިން ބަލަހައްޓާ ބައެއް ތަންތަން ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު ADMHR-MPL/2016/156 (22 ޑިސެމްބަރ 2016) އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 ޖެނުއަރީ 30 ވާ ހޯމަ ދުވަހުގެ  14:00އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2017 ފެބްރުއަރީ 05 ވާ އާދީއްތަ ދުވަހުގެ 14:00އަށް 5ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

                   

                        27 ރަބީޢުލްއާޚިރު 1438

                        25 ޖެނުއަރީ 2017  

25 ޖަނަވަރީ 2017