މަސައްކަތް
ނަންބަރު: (IUL)13-K1/13/2017/12
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 28 ފެބުރުވަރީ 2017 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޒޯން 1 ގެ 15 ރަށަކަށް ކޮމްޕޯސްޓިނގް އިކުއިޕްމަންޓް ފޯރު ކޮށްދޭނެ ފަރާތެއް (ހއ، ހދ، ށ އަތޮޅު) ހޯދުމާއި ޒޯން 6 އަދި 7ގެ 10 ރަށަކަށް ވޭސްޓް މެނޭޖްމަންޓް އިކުއިޕްމަންޓް ފޯރު ކޮށްދޭނެ ފަރާތެއް (ގއ، ގދ އަތޮޅު) ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

1. މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީގެ ބޭނުމަށް ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.ވީމާ މިމަސައްކަތަށް ޝަރުޠުހަމަވާ، ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތް ތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ޕްރޮޖެކްޓްގެ ނަން

ޕްރޮޖެކްޓް ނަންބަރު

ރަޖިސްޓްރޭޝަން ފީ

ބިޑް ސެކިޔުރިޓީ އަދަދު

ޒޯން 1 ގެ 15 ރަށަކަށް ކޮމްޕޯސްޓިނގް އިކުއިޕްމަންޓް ފޯރު ކޮށްދޭނެ ފަރާތެއް (ހއ، ހދ، ށ އަތޮޅު)

TES/2017/G-03

-/500ރ

-/30,000ރ

ޒޯން 6 އަދި 7ގެ 10 ރަށަކަށް ވޭސްޓް މެނޭޖްމަންޓް އިކުއިޕްމަންޓް ފޯރު ކޮށްދޭނެ ފަރާތެއް (ގއ، ގދ އަތޮޅު)

TES/2017/G-04

-/1,500ރ

-/75,000ރ

2. ބީލަމެއްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މަތީގައިވާ ތާވަލުގައި ދަންނަވާފައިވާ އަދަދަށް ނޮން-ރިފަންޑަބަލް ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 29 ޖަނަވަރީ 2017 އިން 28 ފެބުރުވަރީ 2017 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މިމިނިސްޓްރީ އިންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

3. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މަތީގައިވާ ތާވަލުގައިވާ ޢަދަދަށް ކޮންމެ މަސައްކަތަކަށް ވަކިންހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީ-މެއިލް ކުރައްވާނީ 23 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

5. ބީލަން ހުޅުވުން އޮންނާނީ 2017 މާރިޗު 9ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޜަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 3349102  3349106

އީ-މެއިލް : [email protected]

ކޮޕީ  : [email protected]

25 ޖަނަވަރީ 2017