މަސައްކަތް
ނަންބަރު: (IUL)13-K1/13/2017/16
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 30 މާރިޗު 2017 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ށ. އަދި ނ. އަތޮޅުގައި ރިނިއުއަބަލް އެނަރޖީ ހައިބްރިޑް ޕަވަރ ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދީ ބަލަހައްޓަވާ ދެއްވާނެ ފަރާތެއް ހޯދުން

 ބީލަން ހުށަހެޅުމުގެ ދައުވަތު

ށ. އަދި ނ. އަތޮޅުގައި ރިނިއުއަބަލް އެނަރޖީ ހައިބްރިޑް ޕަވަރ ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދީ ބަލަހައްޓަވާ ދެއްވާނެ ފަރާތެއް ހޯދުން

1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ލޯނު އެހީގައި ހިންގަމުންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގު ދަށުން ށ. އަދި ނ. އަތޮޅުގައި ރިނިއުއަބަލް އެނަރޖީ ހައިބްރިޑް ޕަވަރ ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދީ ބަލަހައްޓަވާ ދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

2. މި މަސައްކަތުގެ މަޤުޞަދަކީ ށ. އަދި ނ. އަތޮޅުތަކުގެ ރަށްތަކުގައި ޑިސަލް ޕަވަރ ޕްލާންޓްތަށް އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލު ކުރުމެވެ. އަދި މިރަށްތަކުގައި ބޭނުންކުރެވޭ ޑިސަލް ޕަވަރ ޕްލާންޓްތަށް އޮޓޮމޭޓްކުރުމާއި ޕަވަރ ޑިސްޓްރިބިއުޝަން ގްރިޑްތަކުގެ ފެންވަރު ރަނގަޅުކުރުމަކީވެސް  މި މަސައްކަތުގެ މަޤުޞަދެކެވެ.

3. މިކަމަށް ކުރިމަތިލާ ފަރާތް ތަކުގައި ހުންނަން ޖެހޭ ޝަރުޠުތަކާއި އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

4. ބީލަމުގައި ބައިވެރިވުމަށް 100.00 (ސަތޭކަ) ޔޫ.އެސް.ޑޮލަރގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 29 ޖަނަވަރީ 2017 އިން 30 މާރިޗު 2017 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މި މިނިސްޓްރީ އިންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. ބީލަންފޮތުގައި ބަޔާންކުރެވިފައިވާ ޝަރުޠުތައް ހަމަވާގޮތަށް މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 240,000.00 (ދެލައްކަ ސާޅީ ހާސް) ޔޫ.އެސް.ޑޮލަރު ހުށަހަޅުއްވަންވާނެއެވެ.

6. ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ފެބުރުވަރީ 16 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި، މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔަމަންޓް ޑިވިޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2017 މާރިޗު 2 ވާބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2017 އެޕްރީލު 3 ވާ ހޯމަ ދުވަހުގެ 10:00ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔަމަންޓް ޑިވިޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކަށް ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 180 ދުވަސް އޮންނަންވާނެއެވެ.

8. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން،

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 3349125    3349106

ފެކްސް : 3320706    3324432

އީމެއިލް : [email protected]

ކޮޕީ  : [email protected]

9. މިއިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ. 

25 ޖަނަވަރީ 2017