ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 116-F3/IFB/2017/4
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 02 ފެބުރުވަރީ 2017 11:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްއަށް ކަރުގައި އަޅާ ސްކާފް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

އެމް.އޭ.ސީ.އެލްއަށް ކަރުގައި އަޅާ ސްކާފް ސަޕްލައިކޮށްދޭނެ ފަރާތެއް  ހޯދުމާއި ބެހޭ

 

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަށް މި ކުންފުނިން ދޭ ނަމޫނާއާ އެއްގޮތަށް، އަދަދާ އެއްވަރަށް، ކަރުގައި އަޅާ "ނެކް ސްކާފް" ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު : 116-F3/IFB/2016/71އިޢުލާން ބާތިލްކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2017 ފެބުރުވަރީ 02 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައި މި ކުންފުނީގެ މައި އިދާރާ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި އޮންނާނެއެވެ. މިކަމާބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ދެންނެވިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ނަގަން ހާޒިރުވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ނުނެގޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ނަގަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

 

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ފެބުރުވަރީ 16 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ފެބުރުވަރީ 16 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި ބީލަން އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

25 ޖަނަވަރީ 2017