މަސައްކަތް
ނަންބަރު: (IUL)426-1B/426/2017/12
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި: 26 ޖަނަވަރީ 2017 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީދޫ އިޖްތިމާޢީ މަރުކަޒު ބެލެހެއްޓުމާއި ހަވާލުވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މީދޫ އިޖްތިމާޢީ މަރުކަޒު ބެލެހެއްޓުން ޙަވާލުކުރުން 

 

އައްޑޫސިޓީގެ މީދޫ އިޖްތިމާޢީ މަރުކަޒު ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތަކާ އެތަން ޙަވާލުކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމަވާފައިވާތީ، މީދޫ އިޖްތިމާޢީ މަރުކަޒުގެ ޙާލަތު ރަނގަޅުކޮށް ޒުވާނުންނަށް ބޭނުންކުރެވޭނެ ގޮތަކަށް ތަން ހިންގައިދިނުމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތަކުން 26 ޖަނަވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް  ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ވަކި ޚާއްޞަ ސެޝަނެއް ނޯންނާނެއެވެ.

ހުށަހަޅުއްވާ ޕްރޮޕޯސަލްތަކުގައި މިދަންނަވާ މައުލޫމާތު ހިމަނަންޖެހޭނެއެވެ.

  1. ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ
  2. ކުންފުންނި / ޖަމްޢިއްޔާގެ ޕްރޮފައިލް
  3. ޖަމްޢިއްޔާގެ ޕްރޮފައިލާއި މިހާތަނަށް ހިނގާފައިވާ ގޮތުގެ ޚުލާސާ ރިޕޯޓް
  4. ހުށަހެޅުން (ތަން ތަރައްޤީކުރުމަށް ހުށަހަޅާގޮތުގެ ތަފްސީލު އަދި އިންވެސްޓްމެންޓްގެ އަގު)
  5. ޖަމްޢިއްޔާއިން ހިންގާނެ މައިގަނޑު ހަރަކާތްތައް

އިވެލުއޭޝަންގައި މާކްސް ދެވޭނެ މިންގަނޑު ތިރީގައި މިދަންނަވަނީއެވެ.

- ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީއާއި ޕްރޮފައިލް %30

- ހުށަހެޅުން (ތަންތަރައްޤީކުރުމަށް ހުށަހަޅާގޮތުގެ ތަފްސީލު އަދި އިންވެސްޓްމެންޓްގެ އަގު) %40

- ޖަމްޢިއްޔާއިން ހިންގާނެ މައިގަނޑު ހަރަކާތްތައް %30

 

20 ރަބީޢުލްއާޚިރު 1438

18 ޖަނަވަރީ 2017