ދިވެހިރާއްޖެ
އިޢުލާން
"އައްޑޫ އެވޯޑް 2016" ޙަފްލާ ލައިވްކުރުން
"އައްޑޫ ސިޓީ އެވޯޑް 2016" ޙަފްލާ ލައިވްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2017/10އިޢުލާނާއި ގުޅިގެން އެ މަސައްކަތަށް އަގު ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވާތީ، ތިރީގައިވާ ތަފްޞީލާއި އެއްގޮތަށް ޙަފްލާ ލައިވްކޮށްދިނުމުގެ އަގު ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
- ފެބުރުވަރީ 03 ވާ ހުކުރު ދުވަހު ބޭއްވޭ "އައްޑޫ އެވޯޑް 2016" ޙަފްލާ 3 ގަޑިއިރަށް ލައިވްކުރުން (ޖަލްސާ ފެށޭނީ ރޭގަނޑު 09:00ގައި).
- 2 ނުވަތަ 3 އެންގަލުން ޙަފްލާ ލައިވްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިހުރުން.
- ޙަފްލާގައި ކައުންސިލް އިދާރާއިން ދައްކަން ބޭނުންވާ ވީޑިއޯ ޕްރޮފައިލް ލައިވް ފީޑުން ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވުން.
- މި މަސައްކަތަށް އަގު ދެއްވާނީ ލައިވްކުރުމުގެ އަގުގެ އިތުރަށް ޓްރާންސްޕޯޓާއި އެކޮމޮޑޭޝަން ފަދަ ހުރިހާ ކަމަކަށް ހިނގާނެ ޚަރަދު އަގުގެ ތެރޭގައި ހިމެނޭ ގޮތަށް.
- މި މަސައްކަތަށް މަޢުލޫމާތު ދިނުމުގެ ވަކި ސެޝަނެއް ނޯންނާނެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ [email protected] އީމެއިލް އެޑްރެހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 11:00 ގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ސެޝަނުގައި ބައިވެރިނުވެވޭނެއެވެ. އަދި 11:00 ގެ ފަހުން ލިބޭ މެއިލްވެސް ބަލައިނުގަނެވެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6888917 ށް ގުޅުއްވުން އެދެމެވެ.
26 ރަބީޢުލްއާޚިރު 1438