މަސައްކަތް
ނަންބަރު: (IUL)369-AS/369/2017/5
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 09 ފެބުރުވަރީ 2017 13:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އާ އިމާރާތަށް ދޮރުފޮތި ހޯދައި ދަމައިދޭނެ ފަރާތެއް ހޯދުމަށް

މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އައު އިމާރާތުގައި އަމިއްލަ ޚަރަދުގައި 20 ކުޑަދޮރުގައި ދޮރުފޮތި ދަމައިދޭނެ ( ދޮރުފޮތި ހޯދައި ، ދޮރުފޮތި ހަރުކޮށް ދަމައިދިނުމުގެ މަސައްކަތް )  ފަރާތެއް ހޯދުމަށް 03 ޖަނަވަރީ 2017 ވަނަ ދުވަހު ކުރެވުނު އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދުރުވީ 2 ފަރާތުން ކަމަށްވުމާއެކު ، އިސްވެ ދެންނެވުނު އިޢުލާން ބާތިލުކޮށް އަލުން މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އައު އިމާރާތުގައި އަމިއްލަ ޚަރަދުގައި 20 ކުޑަދޮރުގައި ދޮރުފޮތި ދަމައިދޭނެ ( ދޮރުފޮތި ހޯދައި ، ދޮރުފޮތި ހަރުކޮށް ދަމައިދިނުމުގެ މަސައްކަތް )  ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. މި މަސައްކަތްކޮއްދެއްވުމަށް ފަރާތްތަކުން  02 ފެބުރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މަޢުލޫމާތު ސާފުކުރައްވަވާ 09 ފެބުރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހަޅާ ދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމަށް ކަނޑައަޅާ ބުނެފައިވާ ދުވަހުގެ ( 02 ފެބުރުއަރީ 2017 ) ހެނދުނު 9:00 އިން ފެށިގެން 13:30 ހަމައަށް މަޢުލޫމާތު ފޯނުންވެސް ސާފުކޮށްދެވޭނެއެވެ. އެ ފަރާތަކުން ބުނުއްވަވާ މެއިލް އެޑްރެސް އަށް ލިޔުމުން ދެވޭ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ނަންބަރ 6720032 މި ނަންބަރު ފޯނާއި އެވެ.

މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭ ފަރާތްތަކަށް މައުލޫމާތު ދިނުމާއި މައުލޫމާތު ލިޔުން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 02 ފެބުރުއަރީ 2017 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާއަށް ދުރުވުމުންނެވެ.

މަޢުލޫމާތު ސާފުކުރައްވާފައިނުވާ އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އޮތް ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަވާނީ ސިޓީ އުރައަކަށްލާ ބަންދުކުރައްވައިގެން ހުށަހަޅުއްވަން އޮތް ގަޑިއަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއަކާއި ، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއަކާއި ، ހުށަހަޅުއްވަން އަންނަ ފަރާތުގެ އައިޑީކާޑުގެ ކޮޕީ ، އަމިއްލަ ފަރާތެއް ނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ  ހުށަހަޅުއްވަންވާނެއެވެ. މި ތަކެތި ހަމައަށް ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދަންނަވަމެވެ. 

ތަކެތި ކައުންސިލް އިދާރާއަށް ފޯރުކޮށްދީ ބިލް ހުށަހެޅުއްވުމުން ، ފައިސާ ދިނުމަށް ހަމަވަގުތުން ކޭޝް ޗެކް ހަވާލުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކާ ދަންނަވާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

24 ޖަނަވަރީ 2017