ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)199-GAS/199/2017/07
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 05 ފެބުރުވަރީ 2017 13:30
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހެކެވެ.

މަގާމު

ރެޖިސްޓަރޑް ނާރސް

ބޭނުންވާ ޢަދަދު

01

ސިނިއަރ އޮފިސަރ ގްރޭޑް 1                      ރޭންކް: MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްސް އިމްޕްލިމެންޓޭޝަން (މެޑިކަލް އެސިސްޓެންސް ޕްރޮގްރާމްސް)   

މަޤާމުގެ ޝަރުޠު

  • ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގނަޑު ލެވެލް 5 ނުވަތަ 6 ސަނަދު ހާސިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން މިއެޖެންސީން ދެމުންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އިނާޔަތް އަދި މެޑިކަލް ވެލްފެއަރ އެސިސްޓެންސް ޕްރޮގްރާމްގެ ދަށުން ދެވޭ އެހީތަކުގައި ސިއްޙީގޮތުން ބޭނުންވާ ލަފާދިނުމާއި އެއެހީތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް އިރުޝާދުގެ ދަށުން ޖަވާބުދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން
  • ރާއްޖެއިން ލިބެން ނުހުންނަ ބޭސްތަކުގެ ތެރެއިން މިއެޖެންސީ އިން ރައްޔިތުންނަށް ހޯދައިދޭ ބޭސްތައް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބޭނުންވާ ބޭސްތައް ވެރިންގެ އިރުޝާދުގެ ދަށުން ހޯދައިދިނުމުގެ މަސައްކަތް ކުރުން.
  • އެގްޒެކްޓިވް ބިއުރޯގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ތެރެއިން މެޑިކަލް ވެލްފެއަރ އެސިސްޓެންސް ޔުނިޓްގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ހުށަހަޅާ ފޯމުތަކާއި ގުޅިގެން ޞިއްޙީގޮތުން ބޭނުންވާ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން އަދި އެމުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކުރުން.
  • ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ކުރިއަށްގެންދާ ސުޕަރސްޕެޝަލިސްޓް ޕްރޮގްރާމްގެ ދަށުން ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ރާއްޖެއިން ލިބެން ނުހުންނަ ބޭސްތައް ހޯދައި އާސަންދައަށް ފޮނުވުމުގެ މަސައްކަތް ކުރުން
  • ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ދޫކުރާ ބޭސްތަކާއި ބެހޭގޮތުން މިއެޖެންސީއިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އާސަންދައިގެ ދަށުން ދެވޭ ޚިދުމަތްތަކުގެ ފެންވަރުބެލުމާއި ދެވޭ ޚިދުމަތްތައް  ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބޭނުންވާ ސިއްޙީ ދާއިރާގެ ފަންނީ ލަފާދިނުން

އުޖޫރައާއި އިނާޔަތްތައް

  • މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  • ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް 50/- ރުފިޔާ
  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މިއެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.nspa.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެއްވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ކޮށްފައިވާ މަސައްކަތްތައް އިނގޭނެ ގޮތަށް ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގާދޭ ކާޑުގެ ދެފުށުގައިވާ މައުލޫމާތު ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ވަޒީފާ އަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

5 ފެބުރުވަރީ 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ފޮނުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

  • އިންޓަރވިއު ކުރުން  2017 ވަނައަހަރުގެ  ފެބުރުވަރީ  ނުވަތަ 2017 މާރޗް  މަހުގެ ތެރޭގައި  ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި އޮންނާނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވެލައްވާނަމަ މިއެޖެންސީގެ ނަންބަރު 1402 ނުވަތަ 3005353 އާއި ގުޅުއްވުން އެދެމެވެ.  

 

 

22 ޖަނަވަރީ 2017