ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2017/7
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 16:31
ސުންގަޑި: 01 ފެބުރުވަރީ 2017 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވަޒީފާ ގެ ފުރުޞަތު

މަޤާމް :ވަޒީފާ ގެ ފުރުޞަތު
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                         

 

މަޤާމު: އެސިސްޓެންޓް ޓެކްނީޝަން ގްރޭޑް 3

މުސާރަ އާއި އެލަވަންސް

މަހަކު -/8000

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

TP 9

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އައްޑޫ މީޑިއާ ސެންޓަރ

މަޤާމުގެ ޝަރުތު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

  1. ޚަބަރާއި ޕްރޮގްރާމްތަކަށް ބޭނުންވާ ކޮންޓެންޓް ތައްޔާރުކުރުމާބެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. ޕްރޮގްރާމްތަކާއި ބޮޑެތި ޕްރޮޑަކްޝަންތަކާއި އަދި އެކި އެކި ރެކޯރޑިންތައް ތައްޔާރުކުރުމާއި އެކި އިވެންޓްތައް ކަވަރކުރުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  3. ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑްކުރެވޭ މަލްޓި ކެމެރާ ޝޫޓިންތަކުގައި، ކަޓްސުވިޗްބޭނުންކޮށްގެން  ކޮންޓެންޓާއި އެފަދަ ތަންތަނުން ލައިވްކުރެވޭ ވީޑިއޯ ކޮންޓެންޓް ނެގުން.

މަޤާމު: އެސިސްޓެންޓް ކެމެރާމަން ގްރޭޑް 3

މުސާރަ އާއި އެލަވަންސް

މަހަކު -/8000

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

TP 9

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އައްޑޫ މީޑިއާ ސެންޓަރ

މަޤާމުގެ ޝަރުތު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކެމެރާ އޮޕަރެޓްކުރުމުގެ ކަންކަން ވީ އެންމެ ރަނގަޅަކަށް ކުރުން؛
  2. ޚަބަރާއި ޕްރޮގްރާމްތަކަށް ކޮންޓެންޓް މޭކަރ ބޭނުންވާ ވީޑިއޯ މެޓީރިއަލް، ކޮންޓެންޓް މޭކަރ ބޭނުންވާ ގޮތަށް އަދި ލިބިހުރި ވަޞީލަތާއި ޙާލަތާއި ވަގުތު ތަންދޭ އެންމެ ރަނގަޅަށް ނަގައިދިނުން؛
  3. ކޮންޓެންޓް މޭކަރގެ ޙާޟިރުގައި ނޫން ޙާލަތުގައިވެސް، ކޮންޓެންޓް މޭކަރ އެދޭ ވީޑިއޯއެއް ނަގަން ޙަވާލުކޮށްފިނަމަ، އެ ވީޑިއޯ މެޓީރިއަލް، ލިބިހުރި ވަޞީލަތާއި ޙާލަތާއި ވަގުތު ތަންދޭ އެންމެ ރަނގަޅަށް ނަގައިދިނުން؛
  4. ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑްކުރެވޭ ވީޑިއޯ ކޮންޓެންޓާއި އެފަދަ ތަންތަނުން ލައިވްކުރެވޭ ވީޑިއޯ ކޮންޓެންޓް، ވީ އެންމެ ރަނގަޅަކަށް ނެގުން؛
  5. ޕްރޮގްރާމްތަކާއި ބޮޑަތި ޕްރޮޑަކްޝަންތަކާއި އަދި އެކި އެކި ރެކޯރޑިންތައް ތައްޔާރުކުރުމާއި އެކި އިވެންޓްތައް ކަވަރކުރުމާއި ލައިވްކުރުންފަދަ ކަންކަމުގެ ޕްރީ ޕްލޭނިން މަރުޙަލާގައި، ކޮންޓެންޓް މޭކަރ އެދިއްޖެ ޙާލަތެއްގައި ފަންނީ ގޮތުން ބޭނުންވާ ލަފައާއި އެހީތެރިކަން ލިބިދީ ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވެ ޓީމްވާރކް ވީ އެންމެ ރަނގަޅަށް ދެމެހެއްޓުން؛ 

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ޙާޞިލްކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖްރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީ.
  •  ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެ ކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

 

މި މަގާމަށް އެދޭ ފަރާތްތަކުން 2017 ފެބްރުއަރީ 1 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ އައްޑޫ މީޑިއާ ސެންޓަރަށް ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

                        25 ރަބީޢުލްއާޚިރު 1438

23 ޖަނަވަރީ 2017