ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)342/INDIV/2017/8
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 30 ޖަނަވަރީ 2017 13:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ބޭނުންވާ މުވައްޒިފުން ހޯދުން

އިޢުލާން

މި ކައުންސިލްގެ މި ދަންނަވާ މަޤާމްތަކަށް މުވައްޒަފަކު ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މި ކައުންސިލްގެ މަގާމްތަކުގައި ވޭޖް އެމްޕްލޯއިމަންޓްގެ ގޮތުގައި 2017އަހަރު މަސައްކަތް ކޮށްދޭނެ މުވައްޒަފުން ހޯދުމަށް ބޭނުން ވެއްޖެއެވެ.

މަގާމުގެ ނަން:

އިމާމު

ބޭނުންވާ ޢަދަދު:

ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތްތައް

އޮފީސް:

އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް،ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ރޭންކް:

ޖީ.އެސް 3

ޖީ.އެސް 1

އެސް.އެސް 1

އެލަވަންސް: (ގަޑިއިރަކަށް)

39/80 ރުފިޔާ

33/80 ރުފިޔާ

27/40 ރުފިޔާ

ތަޢުލީމާއި ތަޖުރިބާ:

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ފަރުޟު 5 ނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން
  2. އަންގަވައިފި ހިނދެއްގައި އިމާމުވެ ތަރާވީޙް ނަމާދު، ކަށު ނަމާދު، ކޭތަ ނަމާދު، ޢީދު ނަމާދު، ހުކުރު ނަމާދު ކުރުން
  3. އާޘާރީ މިސްކިތް ބަލަހައްޓަން ޖެހޭނަމަ އެ މިސްކިތުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހާ، ފޮޅާ، ސާފުކުރުމާއި ވަޅުދިޔަ ހިއްކުން
  4. މިސްކިތުގެ ގޯތިތެރާއި ޢިމާރާތާއި ތަކެއްޗަށް ލިބޭ ގެއްލުންތައް ބަލާ ރިޕޯޓްކުރުން
  5. މަސައްކަތު މީހުން ތިބޭ މިސްކިތްތަކުގައި އެމީހުންގެ މަސައްކަތް ސުޕަވައިޒްކުރުން.
           

މަގާމުގެ ނަން:

މަސައްކަތު

ބޭނުންވާ ޢަދަދު:

ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތްތައް

ރޭންކް:

އެސް.އެސް 1

އެލަވަންސް: (ގަޑިއިރަކަށް)

27/40 ރުފިޔާ

އޮފީސް:

އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް،ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. މިސްކިތުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  2. މިސްކިތުގެ އިންފާރާގުޅިފައިވާ މަގުތަކުގެ މިސްކިތުވީ ފަޅީގައި ވިނަނޮޅައި، ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  3. ފާޚާނާތަކާއި ވުޟޫކުރާ އިސްކުރުބަރިތައް ދޮވެ ސާފުކުރުމަށްޓަކައި ނަމާދު ވަގުތުގެ 15 މިނިޓްކުރިން މިސްކިތަށް ޙާޟިރުވެ އެފަދަ ކަންތައްތައް ކުރުން.
  4. މިސްކިތު ވަޅުދިޔަހިއްކުމާއި މިސްކިތާއި ފާރުގެ ކުލަކެހިފައިވާ ތަންތަނުގައި ކުލަލުންފަދަ މަސައްކަތް ކުރުން.
  5. މިސްކިތުގައި ހަރުކުރެވިފައިވާ ބިއްލޫރި ދޮރުފަތްތަކާއި ފާޚާނާތަކާއި އަދި އެނޫންވެސް އެފަދަ އެހެނިހެން ތަކެއްޗާއި ތަންތަން ހަރުގަނޑު ބަހައްޓައިގެން އަރާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  6. މިސްކިތުގެ ފުރާޅު ސާފުކުރުމާއި އެކު ދިޔަދޮވި ސާފުކޮށް ބަލަހައްޓާ ވާރޭފެން ނަގަން ޖެހޭނަމަ އެފަދަ މަސައްކަތްކުރުން.
  7. ޢިމާރާތުގައި ހަރުކުރެވިފައިވާ ތަކެއްޗަށް ލިބޭ ކުދި ކުދި ގެއްލުން އަމިއްލަޔަށް މަރާމާތުކުރުން.
  8. ނަމާދު ވަގުތުތަކުގަޔާއި އަދި އެނޫންވެސް އެހެނިހެން ވަގުތުތަކުގައި މިސްކިތު ނަމާދުކުރާބައި ސާފުކޮށް ބެލެހެއްޓުމަށްޓަކައި މިސްކިތަށް ޙާޟިރުވެ މަސައްކަތް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

2017 ޖަނަވަރީ 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

(ވަޒީފާއަށް އެދޭ ފޯމު، އއ. މަތިވެރީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެwww.csc.gov.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

 

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 

  1. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ(ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

 

  1. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ، (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް
  5. ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްއަށް އަހުލުވެރިވެފައިވާ މިންވަރު

އިންޓަވިއު ކުރުން

މިމަޤާމްތަކުގެ އިންޓަވިއު 2017 ފެބުރުވަރީ 02 ވާ ބްރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި އޮންނާނެއެވެ.

މަސައްކަތަށް ނެރުން:

މި މަގާމްތަކުގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ނެތް ހާލަތްތަކުގައި މި މަގާމްތަކަށް ހޮވޭ ފަރާތްތަކަށް ލިބޭ ޕޮއިންޓް ތަރުތީބުން މަސައްކަތަށް ނިކުތުމަށް އެންގޭނެއެވެ.

ނޯޓު

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަންބަރު 6660058 އަށް ގުޅުއްވުން އެދެމެވެ.

24 ރަބީޢުލްއާޚިރު 1438

22 ޖަނަވަރީ 2017

 

 

 

 

22 ޖަނަވަރީ 2017