ޢާންމު މަޢުލޫމާތު
ނަންބަރު: 371-B1/2017/10
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 13 ފެބުރުވަރީ 2017 13:30
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2017 ވަނަ އަހަރު ބިލެތްދޫ އިޖުތިމާއީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

                     އިޢުލާން

  2017 ވަނައަހަރު މިރަށު އިޖުތިމާޢީސަރަހައްދުތައް  ކުނިކަހައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް  ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 01 ވާ ބުދަ  ދުވަހުގެ މެންދުރުފަހު  13.30ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 ފެބުރުވަރީ 13 ވާ ހޯމަ ދުވަހުގެ މެންދުރުފަހު  13.30ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ  100/- ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

 އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި "  2017 ވަނައަހަރަށް ބިލެތްދޫ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައިސާފުކުރުމުގެ  މަސައްކަތު އަންދާސީ ހިސާބު " މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

                   25 ރަބީޢުލްއާޚިރާ  1438

                   23  ޖަނަވަރީ    2017

23 ޖަނަވަރީ 2017