ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު
މާލެ،
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
|
ދުނިޔޭގެ ދުންފަތުގެ އިސްތިމާލް ކުރުން މަދުކުރުމުގެ މަސައްކަތްތައް ކުރުމަށްޓަކައި ހެދިފައިވާ "ބުލޫމްބާރގް އިނީޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯ ޔޫސް" ގެ ދަށުން ދިވެހިރާއްޖެއަށް ލިބިފައިވާ ޕްރޮޖެކްޓް ގައި މަސައްކަތް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ. |
|
|
މަގާމު |
ޕްރޮޖެކްޓް މެނޭޖަރ |
|
ބޭނުންވާ އަދަދު |
01 (އެކެއް) |
|
ކޮންޓްރެކްޓްގެ މުއްދަތު |
01 (އެކެއް) އަހަރު |
|
މުސާރަ |
މަހަކު -/18,000 ރުފިޔާ |
|
މަސައްކަތް ކުރަންޖެހޭ ތަން |
ހެލްތް ޕްރޮޓެކްޝަން އެޖެންސީ |
|
ތަޢުލީމާއި ތަޖުރިބާ |
- ޞިއްޙީ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. - ބައިނަލްއަޤްވާމީ ފެންވަރުގެ ޕްރޮޖެކްޓެއްގައި 1 އަހަރު ދުވަހަށްވުރެ ގިނަ ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. - އޯގަނިޒޭޝަނަލް ސައިކޮލޮޖީ ނުވަތަ ސޯޝަލް ބިހޭވިއަރަލް ޗޭންޖް (އިޖްތިމާއީ ބަދަލުތައް ގެނެވޭނެ ގޮތްތައް) - މި ދާއިރާތަކުން ކުރު ތަމްރީން، ނުވަތަ ތަޖުރިބާ ލިބިފައިވުން. - ފަރިތަކަމާއެކު ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ވާހަކަ ދައްކާ ލިޔަން ހުނަރުވެރި ފަރާތެއް ކަމުގައިވުން؛ މިގޮތުން ޖީ.ސީ.އީ އޭލެވެލް ނުވަތަ އެސް.އެސް.އީ. އިނގިރޭސި މިމާއްދާއިން ދަށްވެގެން 'ބީ' ފާސްލިބިފައިވުން، ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިހާނުން ދަށްވެގެން 7.0 ސްކޯރ ލިބިފައިވުން. - މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ޤާބިލްކަން ހުރުމާއެކު، ލީޑަރެއްގެ ގޮތުގައި އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި، ގިނަވަގުތު މަސައްކަތުގައި ހީވާގިކަމާއެކު އުޅޭވޭނެ ފަރާތެއްކަމުގައިވުން އަދި ރާއްޖެ އާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފަރާތެއް ކަމުގައިވުން. - ސަރުކާރުގެ އިސްބޭފުޅުންނާއި، މާލީ އެހީދޭ ބޭރުގެ އޭޖެންސީތަކާއި، މުޖްތަމާއުގައި ތަފާތު ފަރާތްތަކަށް މުޢާމަލާތުކޮށް ލަނޑުދަނޑި ހާސިލްކުރުމުގެ ހުނަރު ލިބިފައިވުން؛ މިގޮތުން ތަފާތު ފަރާތްތަކަށް މައުލޫމާތު ހުށަހެޅުމުގެ ހުނަރު ލިބިފައިވުން. - މައިކްރޯސޮފްޓް އޮފީސް (ވާރޑް، އެކްސެލް، ޕަވާޕޮއިންޓް) ފަރިތަކަމާއެކު މަސައްކަތް ކުރަން އެނގޭ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި މައިކްރޯސޮފްޓް ޕްރޮޖެކްޓް ފަދަ މަސައްކަތާއި ގުޅުންހުރި ސޮފްޓްވެއަރ ބޭނުންކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - ދުންފަތުގެ އިސްތިޢުމާލު ނުކުރާފަރާތެއްކަމުގައި ވުން. އެއްވެސް އިރެއްގައި ދުންފަތުގެ އިސްތިޢުމާލު ކޮށްފައިނުވާ ފަރާތަކަށް، ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާފައި 3 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އޭގެން ސަލާމަތްވެފައިވާ ފަރާތަކަށްވުން. - ދުންފަތުގެ ސިނާއަތާ އެއްވެސް ގާތް ގުޅުމެއް ނެތް، އަދި އެސިނާޔަތުން އެއްވެސް ފައިސާއެއް ނުވަތަ ސީދާ އެހީއެއް ލިބެމުންދާ ފަރާތަކަށްވުން. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
- ޕްރޮޖެކްޓުގެ ދަށުން އެންމެހާ މަސައްކަތްތައް ރާވާ ހިންގުމާއެކު ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާގޮތް މޮނީޓާރ ކޮށް، ޕްރޮޖެކްޓް ޑިރެކްޓަރަށް ރިޕޯޓްކުރުން. މިގޮތުން: - ޕްރޮޖެކްޓް މެނޭޖްކުރުމާއި ޕްރޮޖެކްޓްއާއި ގުޅޭ އެއްމެހައި މަސައްކަތް ތައް ކުރުން - ޕްރޮޖެކްޓްގެ ވޯރކް ޕްލޭނާއި އެއްގޮތަށް ޕްރޮޖެކްޓް ކުރިއަށް ގެންދެވުން - ޕްރޮޖެކްޓާއި ގުޅޭގޮތުން ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ފޮނުވުން - ޕްރޮޖެކްޓާއި ގުޅޭ މަސައްކަތްތަށް މޮނީޓާކުރުން - ޕްރޮޖެކްޓާއި ގުޅޭގޮތުން ކުރަންޖެހޭ އެއްމެހައި މުޢާމަލާތްތަށް ކުރުން - ޕްރޮޖެކްޓްގައި ހިމެނޭ އެހެން ސްޓާފުން ސުޕަވައިޒް ކުރުން މިމަސައްކަތުގެ ތެރޭގައި، ގިނަ ބަލިތަކުން ސަލާމަތްވެ ތިބުމަށާއި ދިރިއުޅުމުގެ ވައްޓަފާޅި ގެ ދުޅަހެޔޮކަމާއި އުފާވެރިކަން އިތުރުކުރުމަށް ކުރަން މުހިންމު ކަންތައްތައް ޕްރޮމޯޓް ކުރުމަށާއި މިކަންކަމަށް ވަކާލާތް ކުރުމަށް ހިނގާ ތަފާތު ޕްރޮގްރާމްތަކާއި ހަރަކާތްތައް ރާވާ ހިންގުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ. |
|
މަގާމު |
ޕްރޮޖެކްޓް އޮފިސަރ |
|
ބޭނުންވާ އަދަދު |
01 (އެކެއް) |
|
ކޮންޓްރެކްޓްގެ މުއްދަތު |
01 (އެކެއް) އަހަރު |
|
މުސާރަ |
މަހަކު -/12,000 ރުފިޔާ |
|
މަސައްކަތް ކުރަންޖެހޭ ތަން |
ހެލްތް ޕްރޮޓެކްޝަން އެޖެންސީ |
|
ތަޢުލީމާއި ތަޖުރިބާ |
1- ސައިކޮލޮޖީ، ސޯޝިއޯލޮޖީ، ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ގުޅުންހުރި ޞީއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލް ކުރައްވާފައިވުމާއެކެ، ސައިކޮލޮޖީ، ސޯޝިއޯލޮޖީ، ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ގުޅުންހުރި ޞީއްޙީ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސައިކޮލޮޖީ، ސޯޝިއޯލޮޖީ، ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ގުޅުންހުރި ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލް ކުރައްވާފައި ޕާޓް ޓައިމް ގޮތުގައި ނަމަވެސް 1 އަހަރު ދުވަހުގެ އިޖްތިމާއީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މި މަޤާމަށް މުވައްޒަފަކު ނެގުމަށް އިސްކަންދެވޭނެ ބައެއް ކަންކަން:
- މަސައްކަތާ ގުޅުންހުރި ތަޖްރިބާ ގޮތުގައި ޞިއްޙީ ދާއިރާގެ ނުވަތަ އިޖްތިމާއީ ދާއިރާއާއި ގުޅުންހުރި މަސައްކަތް ބެލެވޭނެއެވެ. ތަޖްރިބާގެ ތެރޭގައި ހިލޭ ސާބަހަށް ކުރެވޭ މަސައްކަތެ ހިމެނިދާނެއެވެ. ނަމަވެސް، މިފަދަ ތަޖުރިބާގެ ލިޔުން ހުށަހަޅަންވާނެއެވެ. - ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ވާހަކަ ދައްކާ ލިޔަން ހުނަރުވެރި ފަރާތެއް ކަމުގައިވުން - މައިކްރޯސޮފްޓް އޮފީސް (ވާރޑް، އެކްސެލް، ޕަވާޕޮއިންޓް) ފަރިތަކަމާއެކު މަސައްކަތް ކުރަން އެނގުން - އާންމުން ހޭލުންތެރި ކުރުމުގައި ބޭނުންކުރާ ޕޯސްޓަރ، ލީފްލެޓް ފަދަ ވަޞީލަތްތައް ތައްޔާރުކޮށްފައިވާ ނަމަ އިސްކަން ދެވޭނެއެވެ. - ގިނަވަގުތު މަސައްކަތުގައި އުޅޭވޭ ފަރާތެއްކަމުގައިވުން، އަދި މަސައްކަތުގަ މާޙައުލުގައި އަންނަ ބަދަލުތަކަށް ފަސޭހައިން ހޭނި، ދިމާވާ ގޮންޖެހުންތައް ޙައްލު ކުރަމުން މަސައްކަތް ކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - ދުންފަތުގެ އިސްތިޢުމާލު ނުކުރާފަރާތެއްކަމުގައި ވުން .އެއްވެސް އިރެއްގައި ދުންފަތުގެ އިސްތިޢުމާލު ކޮށްފައިނުވާ ފަރާތަކަށް، ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާފައި 3 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އޭގެން ސަލާމަތްވެފައިވާ ފަރާތަކަށް ވާންޖެހެއެވެ. - ދުންފަތުގެ ސިނާއަތާ އެއްވެސް ގާތް ގުޅުމެއް ނެތް، އަދި އެސިނާޔަތުން އެއްވެސް ފައިސާއެއް ނުވަތަ ސީދާ އެހީއެއް ނުލިބޭ ފަރާތަކަށް ވުން |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
- ޕްރޮޖެކްޓުގެ ދަށުން އެންމެހާ މަސައްކަތްތައް ރާވާ ހިންގުމާއެކު ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާގޮތް މޮނީޓާރ ކޮށް، ޕްރޮޖެކްޓް ޑިރެކްޓަރަށް ރިޕޯޓްކުރުން. މިގޮތުން: - ޕްރޮޖެކްޓް މެނޭޖްކުރުމާއި ޕްރޮޖެކްޓްއާއި ގުޅޭ އެއްމެހައި މަސައްކަތް ތައް ކުރުން - ޕްރޮޖެކްޓްގެ ވޯރކް ޕްލޭނާއި އެއްގޮތަށް ޕްރޮޖެކްޓް ކުރިއަށް ގެންދެވުން - ޕްރޮޖެކްޓާއި ގުޅޭގޮތުން ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ފޮނުވުން - ޕްރޮޖެކްޓާއި ގުޅޭ މަސައްކަތްތަށް މޮނީޓާކުރުން - ޕްރޮޖެކްޓާއި ގުޅޭގޮތުން ކުރަންޖެހޭ އެއްމެހައި މުޢާމަލާތްތަށް ކުރުން - ޕްރޮޖެކްޓްގައި ހިމެނޭ އެހެން ސްޓާފުން ސުޕަވައިޒް ކުރުން މިމަސައްކަތުގެ ތެރޭގައި، ގިނަ ބަލިތަކުން ސަލާމަތްވެ ތިބުމަށާއި ދިރިއުޅުމުގެ ވައްޓަފާޅި ގެ ދުޅަހެޔޮކަމާއި އުފާވެރިކަން އިތުރުކުރުމަށް ކުރަން މުހިންމު ކަންތައްތައް ޕްރޮމޯޓް ކުރުމަށާއި މިކަންކަމަށް ވަކާލާތް ކުރުމަށް ހިނގާ ތަފާތު ޕްރޮގްރާމްތަކާއި ހަރަކާތްތައް ރާވާ ހިންގުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. |
|
މަސައްކަތް ކުރަންޖެހޭ ގަޑި |
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރޭންސްކްރިޕްޓްގެ ކޮޕީ.) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 3.ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. (ޝޯޓް ޓާރމް ޓްރޭނިންގ) 4.މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 5.ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. 6.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
|
ސުންގަޑި |
މިމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2017 ވާ އަންގާރަ ދުވަހުގެ 30;13 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. |
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި. ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރުމަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014411 ނަންބަރު ފޯނަށެވެ. ނުވަތަ 3014326 ނަންބަރު ފޯނަށެވެ. |