ދިވެހިރާއްޖެ
`
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ MaldivesTransport Authority
މާލެ، ދިވެހިރާއްޖެ Republic of Maldives
ނަންބަރު: (IUL)202-A/1/2017/ 10
އިޢުލާން
މި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.
|
01. މަގާމް |
އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ |
|
ބޭނުންވާ އަދަދު |
1 |
|
މަޤާމް ނަމްބަރު |
J-247712 |
|
މަގާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
|
ރޭންކް |
ޖީ.އެސް 3 |
|
މުސާރައާއި އިނާޔަތްތައް |
|
|
މުސާރަ |
-/4,465 ރުފިޔާ |
|
ސަރވިސް އެލަވަންސް |
-/1,500 ރުފިޔާ |
|
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެއެވެ. |
|
އިތުރު ގަޑި: |
އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
|
|
މަޤާމް އޮތް އޮފީހުގެ ނަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / ކަސްޓަމަރ ސަރވިސަސް ޔުނިޓް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. ދުވަހުން ދުވަހަށް އެއްގަމާއި ކަނޑުގެ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، އެއްގަމާއި ކަނޑުގެ ލައިސަންސް ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، އެއްގަމާއި ކަނޑުގެ ޓެސްޓް ހެދުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، އެއްގަމާއި ކަނޑުގެ ރަޖިސްޓްރީ މޯގޭޖް ކުރުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރު ޤަވާޢިދާއި ޚިލާފުވުމުން ނަގާ ފައިސާ ބަލައިގަތުން. 2. ދުވަހުން ދުވަހަށް އެއްގަމު ވެހިކަލްގެ ރޯޑްވާރދިނަސް ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ޗެކްކުރުމަށްފަހު ބަލައިގަތުން، ޓެކްސީ ކުރުމަށް ބޭނުންވާ އުޅަނދު ފަހަރުގެ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، ވެހިކަލް އެތެރެކުރުމުގެ ހުއްދަޔާއި ބެހޭ ޑޮކިއުމެންޓްތައް ބަލައިގަތުން. 3. ކަނޑުގެ ސަލާމަތީ ސެޓްފިކެޓް ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، މެރިޓައިމް ސެޓްފިކެޓްތައް ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، އޮޑީ ނަމްބަރ ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، ބޭރުދަތުރުކުރާ މީހުންގެ އެގްރިމެންޓް ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި އަދި ސީ.ޑީ.ސީ ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުން. 4. ދުވަހުގެ މަސައްކަތް ނިންމާއިރު، އެދުވަހު ބަލައިގަނެވުނު ފައިސާގެ ޢަދަދު ހަމަކޮށް ކޭޝިޔަރާ ނުވަތަ ތިޖޫރީ ބަލަހައްޓާ ފަރާތާ ދުވަހުން ދުވަހަށް ޙަވާލުކުރުން. 5. ދުވަހުން ދުވަހަށް ދޫކުރުމަށް ޑެލިވަރީ ކައުންޓަރަށް ނެރޭ އެއްގަމާއި ކަނޑުގެ ރަޖިސްޓްރީތައް ދޫކުރުމާއި، އެއްގަމާއި ކަނޑުގެ ލައިސަންސް ކާޑާއި ފޮތް ދޫކުރުމާއި، ކަނޑުގެ ސީމަންސް އެގްރިމެންޓްތަކާއި ސެޓްފިކެޓްދޫކުރުމާއި، ސަލާމަތީ ސެޓިފިކެޓާއި ރޯޑްވާދިނަސް ސްޓިކަރއާއި ޓެކްސީ ކާޑް ދޫކުރުމާއި އަދި އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަށް ނަންނޯޓްކުރުމަށް އަންނަ ފަރާތްތަކަށް ޤަވާއިދާއި އެއްގޮތަށް ނަންނޯޓްކޮށްދިނުން. |
|
މަޤާމުގެ ޝަރުތުތައް |
|
|
އަސާސީ ޝަރުތު |
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ނުވަތަ ހިޔުމަން ރިސޯސް އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ނުވަތަ ހިޔުމަން ރިސޯސް އާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. - ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން. |
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން |
|
|
އިންޓަރވިއު ކުރުން: |
- މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ. - މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 މަސް ތެރޭގައެވެ. - އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ. - އިންޓަރވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާގުޅޭ މަޢުލޫމާތު އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ. |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
|
|
އެދެންވީ ގޮތާއި ސުންގަޑި |
މިމަޤާމަށް ކުރިމަތިލުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 02 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބިނުކަން ކަށަވަރުކުރާ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބިނުކަން ކަށަވަރުކުރާ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ www.transport.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑުވެސް ކުރެވޭނެއެވެ. 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) ރާއްޖެއިންބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ، މުއްދަތު ހަމަނުވާ ކޮޕީއެއް) 6- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ 7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 8- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން. |
އިތުރު މަޢުލޫމާތު:
- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.
- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343421 އަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
24 ރަބީޢުލްއާޚިރު 1438
22 ޖަނަވަރީ 2017