ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2017/21
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 31 ޖަނަވަރީ 2017 13:30
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

މަޤާމު

ޑިރެކްޓަރ

އޮފީސް

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ( ކުޑަކުދިންގެ ހިޔާ، ވިލިމާލެ)

ބޭނުންވާ އަދަދު

 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

މަޤާމުގެ ރޭންކް: EX 1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ކުޑަކުދިންގެ ހިޔާ، ވިލިމާލެ

ތަޢުލީމާއި ތަޖުރިބާ

1. ސައިކޮލޮޖީ، ސޯޝަލް ސައިންސް، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. ސައިކޮލޮޖީ، ސޯޝަލް ސައިންސް، މެނޭޖްމަންޓު މިއިން ދާއިރާއަކުން ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3. ސައިކޮލޮޖީ، ސޯޝަލް ސައިންސް، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުޑަކުދިންގެ ހިޔާގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • ދައުލަތުގެ ފަރާތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤައުމީ ނިޒާމެއް ޤާއިމްކުރުމާއި އެނިޒާމުގެ މަސައްކަތްތައް ވިލަރެސްކޮށް އެ މަސައްކަތްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުރުން.
  • ކުޑަކުދިންގެ ހިޔާގެ ބެލިމުގެ ދަށުގައި ތިބޭ ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށްްޓަކައި ސަރުކާރުގެ ދާއިރާއިން ކުރަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން.
  • ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުން ކުރާ މިފަދަ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ އެފަރާތްތަކާއެކު މަސައްކަތް ކުރުން.
  • ބަލަމުންދާ މައްސަލަތަކުގައި ކޯޓުތަކަށް މަޢުލޫމާތު ދޭންޖެހިއްޖެ ހާލަތެއްގައި އެމަޢުލޫމާތު ހޯދައި ދިނުމާއި ކޯޓުތަކަށް ހާޟިރުވެ ބަޔާން ދިނުން.
  • ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން، ސައިކޯ ސޯޝަލް ސަޕޯޓް ޑިވިޜަންއަށް ފޮނުވަންޖެހޭ މައްސަލަތައް އެ ޑިވިޜަންއަށް ފޮނުވުން.
  • ކޭސް ސުޕަވައިޝަން، ކޭސް މޮނިޓަރިންގ، ސައިކޮސޯޝަލް ސަޕޯޓް އަދި ފޮސްޓަރ ކެއަރއާ ގުޅޭ އެންމެހައި މަސައްކަތްތައް:
  • ސައިކޮސޯޝަލް ސަޕޯޓް ދިނުމުގެ މަސައްކަތްތަކުގައި، މިނިސްޓްރީން ކަނޑައަޅާގޮތެއްގެ މަތިން، ކުރުމާއި މަސައްކަތުގައި ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
  • ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ތިބޭކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި، ދިވެހި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިއްޔަތުކޮށް، ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ތިބޭކުދިންނަށް ބޭނުންވާ އަސާސީ ޙިދުމަތްތަކާއި ޙައްޤުތައް، ހެދިފައިވާ ޤަވާއިދުތަކާއި، އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގެ ޢިމާރާތާއި، މެޝެނަރީޒް އާއި، ފަރުނީޗަރު މަރާމާތުކުރުމާއި ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް، ހިންގާ ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާއި ގުޅޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގެ ބަޖެޓު ބެލެހެއްޓުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާއަށް ހޯދަންޖެހޭ އެންމެހާ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  • އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން http://gender.gov.mv ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ގެ ވެޑައުންލޯޑް ކުރެވޭނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓު ތަކުގެ ކޮޕީ:

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާވާ ކޯސްތަކުގެ ކޮޕީ.

  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
  7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމްއާއި، ރޭންކާއި، ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ).
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން.  

ސުންގަޑި

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ކުޑަކުދިންގެ ހިޔާ ( ވިލިމާލެ) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ 13:30 އެވެ. 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

- މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ2017 ފެބްރުއަރީ މަހާއި މާރިޗް މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދިފައިވާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 7އަށް ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އެކަންކަމަށް އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

- މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ. ޕްރެޒެންޓޭޝަނާއި ބެހޭ އިތުރުމައުލޫމާތުތައް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އީމެއިލްގެ ޒަރިއްއާއިން ހިއްސާ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން

 

-ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނު ފަރާތްތައް.

- ދިވެހިބަހާއި އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.

- ސައިކޮލޮޖީ އަދި މެނޭޖްމެންޓް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު

 މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3391693( ކުޑަކުދިންގެ ހިޔާ) ނަންބަރު ފޯނަށް، ނުވަތަ  3027551 ނަންބަރު ފޯނަށެވެ.

 

 

22 ޖަނަވަރީ 2017