ދިވެހިރާއްޖެ
މި އިދާރާގެ އިޢްލާން ނަންބަރު (IUL)301/301/2017/1 އާއި ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ އަދަދު މަދުކަމުގައި ވާތީވެ މި ވަޒީފާއަށް ކުރިމަތި ލުމަށް އިތުރު ފުރުސަތު ހުޅުވާލަމެވެ. ކުރިން ކުރެވުނު އިޢްލާން ނަންބަރު (IUL)301/301/2017/1 އާއި ގުޅިގެން އެޕްލިކޭޝަން ހުށަހެޅުއްވި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅުއްވަން ނުޖެހޭނެއެވެ.
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކުނި މެނޭޖްކުރާ މަރުކަޒުގައި މަސައްކަތް ކުރާނެ މުވައްޒަފުން ބޭނުންވެއްޖެ.
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 02
މުސާރަ: 3100.00 ރުފިޔާ
އެލަވަންސް: 1000ރުފިޔާ
ވަޒީފަގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން (މަސައްކަތަށް ރަނގަޅު ނަމަ ކޮންޓްރެކްޓް އާކުރެވޭ އުސޫލުން)
ކޮންޓްރެކްޓް މުއްދަތު: 1 އަހަރު ދުވަސް
ވަޒީފާ އޮތް އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް އިދާރާ
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކުނި މެނޭޖް ކުރާ މަރުކަޒު
މަޤާމުގެ އަސާސީ ޝަރުތުތައް:
- އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން
- ސިއްހަތު ސަލާމަތުން ހުރި މީހެއް ކަމުގައި ވުން އަދި ކައުންސިލުން ދައްކާ މަސައްކަތް ކުރެވޭނެ ޤާބިލްކަން ހުރިކަން ސާބިތު ކޮށްދިނުން
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން
- އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައި ވުން
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން އަނގޮޅިތީމް ކުނި ނައްތާލާ މަރުކަޒަށް ޖަމާވާ ކުނި ޓްރީޓް ކުރުމާއި އެތަކެތި ވަކި ކުރުން
- ރަށުގެ އެކި ސަރަހައްދުގައި ބެހެއްޓޭ ޑަސްބިންތަކުން ކުނި ނަގައި ކުނި ނައްތާލާ މަރުކަޒަށް ގެންދިއުން
- ކުނި ރިސައިކަލް ކުރުމާއި ކޮމްޕޯސް ތައްޔާރުކުރުމުގެ މަސައްކަތް
- ގޭގެއިން ކުނި ނެގުމުގެ މަސައްކަތް (ޕިކަޕް ގެނައުމުން)
- ކުނި ނައްތާލާ މަރުކަޒާއި ވަށައިގެންވާ ސަރަޙައްދު ކުނި ކަހައި ސާފުކޮށް ބެލެހެއްޓުން
- ރ. ވަންދޫއަށް ކުނި ގެންދިއުމަށް އަންނަ އުޅަނދުފަހަރަށް ކުނި ގެންދިއުމުގެ މަސައްކަތް
- ކުނި ނައްތާލުމާއި ގުޅުންހުރި އެހެނިހެން ކަންކަން
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:
- މި ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ތިރީގައި އެވާ ކަންކަމަށް އިސްކަން ދެވޭނެއެވެ.
- ލިބިފައިވާ ތަޢްލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ %20
- އިންޓަވިއުގައި މަސައްކަތުގެ ހުނަރާއި ޤާބިލްކަން ސާބިތު ކޮށްދިނުން %70
އެޕްލިކޭޝަން ފުނުވަން ވީ އެންމެ ފަހު ތާރީޚް:
- 30 ޖެނުއަރީ 2017 ވާ ހޯމަ ދުވަހުގެ 1:00 ގެ ކުރިން ރ. އަނގޮޅިތީމް ކައުންސިލް އިދާރާއަށް.
ހުށަހަޅަންޖެހޭ ލިޔުން ތައް:
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (ކައުންސިލުން ލިބެން ހުންނާނެ)
- ވަޒީފާއެއްގައި އުޅޭނަމަ އެ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުން
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ
- ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ ސިޓީތަކުގެ ކޮޕީ/ އަސްލާއެކު
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނަ ތާރީޚް ފަހުން އެންގޭނެއެވެ.
24 ޖުމަދުލްއާޚިރާ 1438
22 ޖެނުއަރީ 2017