މަސައްކަތް
ނަންބަރު: (IUL)438-RDS/1/2017/3
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 02 ފެބުރުވަރީ 2017 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ މަރުކަޒު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ޑްރާސްފްޓްސް ޕާރސަނެއް ހޯދުމަށް ބޭނުންވެއްޖެ

ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ މަރުކަޒު ޤާއިމުކުރުމުގެ މަޝްރޫޢު

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު – ޑްރާފްޓްސް ޕާރސަން

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން ރަށްރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށު ފެންވަރުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒުތަކުގެ ކުރެހުންތައް ޑްރާފްޓްކޮށް އެމަސައްކަތް ކުރިއަށް ގެންދިޔުމުގައި ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމަށް އެކެއް (01) ޑްރާސްފްޓްސް ޕާރސަން ހޯދުމަށް ބޭނުންވެއެވެ.

ޑްރާސްފްޓްސް ޕާރސަންގެ މަސްއޫލިއްޔަތްތަކާއި، މި މަސައްކަތަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކާއި އެހެނިހެން ތަފްޞީލުތަށް ހިމެނިގެންވާ މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ.

މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން ހުށަހަޅަންވީ މަޢުލޫމާތު "ޓާރމްސް އޮފް ރިފަރެންސް" ގައި ހިމެނިގެންވާނެއެވެ.  

ޕްރީ ބިޑް ބައްދަލުވުން

މަސައްކަތުގެ މަޢުލޫމާތު ދިނުމަށް ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2017 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ފެބުރުވަރީ 02 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ފެބުރުވަރީ 02 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

www.environment.gov.mv

ނޯޓް: މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް، ފޯނު ކުރައްވާނީ ތިރިގައި ބަޔާންކުރައްވާފައިވާ އެޑްރެސްއަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް: [email protected]

ފޯނު: 3018341 960+

22 ޖަނަވަރީ 2017