ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި 2017 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ ކޯސްތަކުގެ މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ޤުރްއާން މުދައްރިސް ޑިގްރީ ކޯސް
ޝަރުޠު: 1- ޤުރްއާން މުދައްރިސް އެޑްވާންސް ސެޓްފިކެޓް ނުވަތަ ޤާރީ ކޯސް ލެވެލް 4 ގެ ސެޓްފިކެޓެއް ޙާޞިލް ކޮށްފައިވުން
2- ޢުމުރުން 18 އަހަރު ފުރިފައިވުން.
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 4 އަހަރު
އިމާމް ޑިޕްލޮމާ ކޯސް
ޝަރުޠު: 1- ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ހިންގާ ކޯހަކުން ނުވަތަ އެފެންވަރުގެ އެގިންތީގެ ކޯހަކުން ލެވެލް 3 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.
2- ޢުމުރުން 18 އަހަރު ފުރިފައިވުން.
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 އަހަރު
ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭފޯމު 2016 ޖަނަވަރީ 15 ވާ އާދީއްތަ ދުވަހުން ފެށިގެން މި މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2017 ޖަނަވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 13.30ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓް ތަކުގެ (އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއެކު ހުށަހެޅުން އެދެމެވެ. ޤުރްއާން މުދައްރިސް ޑިގްރީ ނިންމާ ދަސްވެނިންނަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކަނޑައަޅާ އުޞޫލެއްގެމަތިން ދައުލަތަށް ޚިދްމަތް ކުރުމަށް އިޤްރާރުވާން ޖެހޭނެއެވެ. އަދި އިމާމް ޑިޕްލޮމާ ނިންމާ ދަސްވެނިންނަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކަނޑައަޅާ އުޞޫލެއްގެމަތިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ޚިދްމަތް ކުރުމަށް އިޤްރާރުވާން ޖެހޭނެއެވެ.
17 ރަބީޢުލްއާޚިރާ 1438
15 ޖަނަވަރީ 2016