ދިވެހިރާއްޖެ
މަޤާމް :ސުޕަވައިޒަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން
ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. |
|
މަޤާމު: |
ސުޕަވައިޒަރ |
މަޤާމުގެ ރޭންކް: |
ޖީ.އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ބޭނުންވާ އަދަދު: |
2 (ދޭއް) |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް: |
އޮޕަރޭޝަންސް ސެކްޝަން، ޕަބްލިކް ވަރކްސް ސަރވިސަސް، ކ. މާލެ |
މުސާރައާއި ޢިނާޔަތްތައް: |
- މުސާރަ: މަހަކު -/4465ރ - ސަރވިސް އެލަވަންސް: މަހަކު -/1500ރ - ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު) - އިތުރު ގަޑީގެ ފައިސާ: އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ. |
މަޤާމުގެ ޝަރުތު: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ވެރިން އަންގަވާ ގޮތުގެމަތިން ކުރުން އަދި ކުރުވުން. 2. މަސައްކަތްތަކުގައި ބޭނުންކުރާ އިކްއިޕްމެންޓްތަކާއި މެޝިނަރީސް އޮޕަރޭޓުކޮށް ބެލެހެއްޓުމާއި ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ޙަވާލުވެ ހުންނެވި ވެރިއެއްގެ ލަފާގެ މަތިން ކުރުން. 3. ސެކްޝަންގެ ހުރިހާ މުވައްޒަފުންގެ ޙާޒިރީއާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ ރެކޯޑްސް ދުވަހުން ދުވަހަށް އަޕްޑޭޓުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން. 4. ސެކްޝަނުން ކުރާ އެކިއެކި މަސައްކަތްތަކަށް ހޯދަންޖެހޭ ތަކެތި ރިކުއެސްޓްކުރުމާއި، ލިބޭ ތަކެއްޗާއި، ބޭނުންކުރެވޭތަކެތީގެ ހިސާބު ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުން. 5. ސެކްޝަނުން ފޮނުވާ ސިޓީ، މެމޯ ފަދަ ލިޔުންތައް ތައްޔާރުކުރުން. 6. ސެކްޝަނަށް ލިބޭ ލިޔުންތަކާއި، ފޮނުވާ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން. 7. ސެކްޝަނުގެ ބެލުމުގެ ދަށުން ޕްރޮޖެކްޓްތަކަށާއި އެހެނިހެން މަސައްކަތްތައް ކުރުމަށް ހޯދޭ ހުރިހާ ތަކެތި އަމާނާތްތެރިކަމާއިއެކު މަރުކަޒީ އުޞޫލުން ސްޓޮކުކޮށް ބެލެހެއްޓުމާއި، އެތަކެތި ބޭނުންވާ ދާއިރާތަކަށް ދޫކޮށް، ލިޔެކިޔުންތައް ތައްޔާރުކޮށް ފައިލްކޮށް ބެލެހެއްޓުން. 8. ސެކްޝަންގެ މަސައްކަތްތަކުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ މަޢުލޫމާތު އެހެނިހެން ޔުނިޓްތަކުން ހޯދާ، ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން. 9. އެހެނިހެން ޔުނިޓްތަކަށް އިދާރީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: 1. ތަޢުލީމާއި ތަމްރީން. 2. މަސައްކަތުގެ ތަޖުރިބާ. 3. އިންޓަވިއު. 4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު. 5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:
|
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީން މަގު، މާފަންނު/މާލެ)ގެ ކައުންޓަރަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ފެބުރުވަރީ 01 ވާ ބުދަ ދުވަހުގެ 14:00 އެވެ. |
އިންޓަވިއު ކުރުން:
|
- މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ފެބުރުވަރީ- މާރިޗު މަހުގެ ތާރީޚެއްގައި، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީންމަގު، މާފަންނު / މާލޭ) ގައެވެ. - އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ. |
ހުށަހަޅަންޖެހޭ ތަކެތި:
|
1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. )އެޕްލިކޭޝަން ފޯމު ޕަބްލިކް ވަރކްސް ސަރވިސަސް އިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން [email protected] ޑައުންލޯޑު ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ ލިޔުމެއް) 6.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ 3323537 ނަންބަރު ފޯނަށް ނުވަތަ 3020815 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
20 ރަބީޢުލްއާޚިރު 1438
|