ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: L6MC-D/2017/01
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި:
24 ޖަނަވަރީ 2017 10:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފ. އަތޮޅު މެޖިސްޓްރޭޓް ކޯޓްތަކަށް 2017 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހަަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ
މިއަތޮޅު މެޖިސްޓްރޭޓް ކޯޓްތަކަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.
- އޮފީސް ސާމާނު އަދި ސްޓޭޝަނަރީޒް
- ސާފުކުރާ ސާމާނު
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 24 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 29 ވާ އާދީއްތަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.
17 ޖަނަވަރީ 2017
އިސްމާޢީލް ޢުމަރު
ކޯޓް އެޑްމިނިސްޓްރޭޓަރ
17 ޖަނަވަރީ 2017