ދިވެހިރާއްޖެ
`
ފ.އަތޮޅުހޮސްޕިޓަލް
ނިލަންދޫ، ދިވެހިރާއްޖެ.
ނަމްބަރު (IUL)FAH-A/FAH/2017/2
އިޢުލާން
ހޮސްޕިޓަލުގެ އިމާރާތާއި ގޯތި ކުނިކަހައި ފޮޅައި ސާފުކޮށްދޭނެފަރާތެއް ހޯދުން
މިހޮސްޕިޓަލުގެ ނަމްބަރ FAH-A/2016/4 ( 20 ޑިސެމްބަރ 2016 ) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ ހަމައެކަނި އަމިއްލަ ފަރާތްތަކުންކަމަށާއި ޤާނޫނު ނަމްބަރ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ) އަދި އެންޓި ކޮރެޕްޝަން ކޮމިޝަނުން ފޮނުއްވާފައިވާ ނަމްބަރ 123-B/TAH-A/2016/4 ސިޓީގައި ދިވެހި ރާއްޖޭގައި ވިޔަފާރި ކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމެންޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށާއި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މަސައްކަތް ހަވާލުނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާތީ އަލުން އިޢުލާނުކުރުމަށް މިނިސްޓްރީ އޮފް ހެލްތުގެ ޓެންޑަރ ކޮމެޓީން ނިންމަވާ އަންގަވާފައިވާތީ މިހޮސްޕިޓަލުގެ އިމާރާތާއި ގޯތި ކުނިކަހައި ފޮޅައި ސާފުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ދިނުމަށް މިހޮސްޕިޓަލުން ދޫކުރައްވާ ބިޑުޑޮކިއުމެންޓު ނެއްގެވުމަށްޓަކައި 26 ޖެނުއަރީ 2017 ވަނަ ދުވަހުގެ 10.00 ގެ ކުރިން މިހޮސްޕިޓަލަށް ދުރުވެ ނަންނޯޓްކުރުމަށްފަހު 29 ޖެނުއަރީ 2017 ވާ އާދިއްތަ ދުވަހުގެ 12:00 އިން 14:00އަށް ބިޑުޑޮކިއުމެންޓް ނެންގެވުމަށްފަހު 2017 ފެބުރުއަރީ 01 ވަނަ ދުވަހުގެ 10.00 އަށް އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.މަޢުލޫމާތު ސާފުކުރަން ބިޑުޑޮކިއުމެންޓް ނުނަންގަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
18 ޖެނުއަރީ 2017