ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2017/3
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 26 ޖަނަވަރީ 2017 13:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަސައްކަތު

 

 

 

 

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                    އިޢުލާން ނަންބަރު: IUL)MMPRC-HR/1/2017/3) 

 

ވަޒީފާގެ ފުރުޞަތު

މިމަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު:  IUL)MMPRC-HR/1/2017/1)  (4 ޖަނަވަރީ 2016) އިޢުލާނަށް ކުރެވުނު އިންޓަރވިއުއަށްފަހު މި މަގާމަށް އެކަށީގެންވާ ފަރާތެއް ހޮވިފައިނުވާތީ އަލުން މި މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމުގެ ނަން:  މަސައްކަތު

މުސާރަ: 3,480/- ރުފިޔާ

އެލަވަންސް: 2,320/- ރުފިޔާ

ޑިޕާރޓްމަންޓް / ސެކްޝަން: އެޗް އާރް އެންޑް އެޑްމިން

ބޭނުންވާ އަދަދު: 1

 

ޝަރުޠު:

  • އަސާސީ ތަޢުލީމު ހާސިލްކޮށްފައިވުން.
  • އޮފީހުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނާއި ގުޅިގެން އުޅުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ، ހީވާގި، މަސައްކަތަށް ފަރުވާތެރި މީހެއްކަމުގައިވުން.
  • މިމަގާމުގެ ވާޖިބްތައް އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި ފަރާތެއްކަމުގައިވުން.
  • ކުށުގެ ރިކޯޑް ނެއް މީހެއްކަމުގައިވުން.

މި މަގާމުގައި ކުރަންޖެހޭ މަސައްކަތް

  • އޮފީސްތެރެ ފޮޅާސާފުކުރުން.
  • މީޓިންގތަކަށް ކޮފީ/ސައި ތައްޔާރުކުރުން.
  • ފާހާނަތައް ދޮވެސާފުކުރުން.
  • ސިޓީ ފަދަތަކެތި ހަވާލުކުރުން.
  • މަސައްކަތާ ގުޅޭގޮތުން އޮފީހުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

 

 ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: ޖެނުއަރީ 26 ޖަނަވަރީ 2017  ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް.

 

ހުށައަޅަންޖެހޭ ލިޔުންތައް

- ވަޒީފާއަށް އެދޭކަމުގެ ލިޔުން (ސިޓީ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

 

 

އިތުރު މަޢްލޫމާތު:

މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

މިމަޤާމަށް ނުހޮވޭ ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

                            20 ރަބީއުލްއާޚިރު 1438

18 ޖަނަވަރީ 2017

18 ޖަނަވަރީ 2017