މަސައްކަތް
ނަންބަރު: (IUL)337-C-AB/337/2017/3
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 26 ޖަނަވަރީ 2017 10:30
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ވެހިކަލް ލައިސަންސް ޓެސްޓް ދިނުމަށް ބޭނުންވާތަން ހަދާދޭނެ ފަރާތެއް ހޯދުމާއިބެހޭ

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ

ކ.މާފުށި

                     ނަމްބަރު: IUL)337-C-AB/337/2017/3 )

އިޢުލާން

 

އެއްގަމު ވެހިކަލް ލައިސަންސް ޓެސްޓް

ދިނުމަށް ބޭނުންވާތަން ހަދާދޭނެ ފަރާތެއް ހޯދުމާއިބެހޭ

      ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން ގެންދާ ލައިސަންސް (A ޒޯނުގެ ) ޚިދުމަތް މާލެ އަތޮޅު ކައުންސިލްގެ ފަރާތުން ދިނުމަށްޓަކާ މިރަށުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތިދުއްވުމުގެ ލައިސަންސް ހެދުމަށް ބޭނުންވާ ސަރަހައްދު ޓްރާންސްޕޯޓް އޮތޯރިޓީގެ މިންގަނޑު ތަކާއި އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ތިރީގައި މިދަންނަވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހޮޅުވާލެވިފައިވާ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

1- މަސައްކަތާއިބެހޭގޮތުން ދެވޭ މަޢުލޫމާތު ސާފުކޮށްދިނުން

-         މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ތާރީޚް : 26 ޖެނުއަރީ 2017

-         މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ސުންގަޑި: 10:30 ގައި

-         މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ތަން : މާފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލް

2- އެސްޓިމޭޓް ހުށައެޅުމާއި ބަލައިގަތުމަށް ހަމަޖެހިފައިވާ

-         އެސްޓިމޭޓް ހުށައެޅުމާއި ބަލއިގަތުމަށް ހަމަޖެހިފައިވާ ތާރީޚް : 31 ޖެނުއަރީ 2017

-         އެސްޓިމޭޓް ހުށައެޅުމާއި ބަލއިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި 10:30

-         އެސްޓިމޭޓް ހުށައެޅުމާއި ބަލއިގަތުމަށް ހަމަޖެހިފައިވާ ތަން : މާފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލް

އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ  ވާހަކަ ދަންނަވަމެވެ.

19 ޖެނުއަރީ 2017

 

19 ޖަނަވަރީ 2017